ހދ. މަކުނުދޫ "ސުއްކަތުރާ" ސަރަހައްދު ފިޔަވައި އެހެން ހުރިިހާ ސަރަހައްދަކުން ވެލި ނެގުމަކީ މަނާކަމެއްކަން މަކުނުދޫ ކައުންސިލުން ހަނދާންކޮށްދީފިއެވެ.

މިކަމާ ގުޅިގެން މަކުނުދޫ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މަކުނުދޫ ކައުންސިލްގެ 5 އަހަރު ތަރައްޤީ ޕްލޭނުގައި ވެލިނެގުމަށް ކަނޑައެޅިފައިވާ ސަރަހައްދަކީ ހަމައެކަނި "ސުއްކަތުރާ" ކަމަށެވެ.

Ad
rt

އެހެންނަމަވެސް ބައެއް ފަރާތްތަކުން ވެލި ނެގުމަށް ޚާއްސަކޮށްފައިވާ މި ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުން ވެލިނަގަމުން ދާކަމަށް އެ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

މިގޮތުން ސުއްކަތުރާ ނޫން ސަރަހައްދުތަކުން ވެލި ނެގުމަކީ މަނާކަމެއް ކަމަށާއި، ވެލި ނަގާނަމަ އެ ފަރާތްތަކާ މެދު މަކުނުދޫ ކައުންސިލުގެ ތިމާވެށި ރައްކާތެރިކުރުމާބެހޭ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެކަމަށް މަކުނުދޫ ކައުންސިލުން ވަނީ ބުނެފައެވެ.