ހދ. މަކުނުދޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.

މި ޚިދުމަތް ފަށާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން މިއަދު މަކުނުދޫ އަށް ކުރެއްވި ޒިޔާރަތުގައެވެ.

Ad
rt

މި ޚިދުމަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.

މަކުނުދޫގައި މި ޚިދުމަތް ފެށުމާއެކު، މިހާރު ހދ. އަތޮޅުގެ ދެ ރަށަކުން ޕާސްޕޯޓު ލިބޭނެއެވެ. ދެން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނީ ކުޅުދުއްފުށީ ސިޓީންނެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ޕާސްޕޯޓް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.

މަކުނުދޫ އަކީ ރައީސްގެ ހދ. ދަތުރުފުޅުގައި ވަޑައިގެންނެވި އަށް ވަނަ މަންޒިިލެވެ. އަދި މިއަދުގެ ދެ ވަނަ މަންޒިލެވެ.