ހދ. މަކުނުދޫ ކައުންސިލުން އެރަށު ސްކޫލަށާއި، އެރަށު ނާރެސް ޕްރީސްކޫލަށް މާލީ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މިގޮތުން މަކުނުދޫ ކައުންސިލުން ވަނީ މި އެހީ ދިނުމުގެ ފަހުމުނާމާގައި މަކުނުދޫ ސްކޫލާއި، ނާރެސް ޕްރީސްކޫލާއެކު ފަހުމުނާމާތަކުގައި ސޮއިކޮށްފައެވެ.
މަކުނުދޫ ކައުންސިލުން އެރަށު ސްކޫލަށް 100000ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ނާރެސް ޕްރީސްކޫލަށް 50000ރުފިޔާގެ މަލީ އެހީ ވަނީ ފޯރުކޮށްދީފައެވެ.
މަކުނުދޫ ކައުންސިލުން ބުނީ އެ ރަށު ސްކޫލަށް ފޯރުކޮށްދިން އެހީތެރިކަމަކީ ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، މަކުނުދޫ ސްކޫލް ދަރިވަރުންގެ ތަޢުލީމީ ޖިސްމާނީ އަދި އިޖުތިމާއީ ކުރިއެރުން އިތުރުކޮށް، ތަޢުލީމީ ފެންވަރު މަތިކުރުމުގެ މަޤްޞަދުގައި ދެވުނު އެހީތެރިކަމެއް ކަމަށެވެ.
މީގެ އިތުރުން ޕްރީސްކޫލަށް އެހީތެރިވުމުގެ ބޭނުމަކީ މަކުނުދޫގެ ކުޑަކުދިންނަށް ފެންވަރު ރަނގަޅު ޕްރީސްކޫލް ތަޢުލީމް ފޯރުކޮށްދިނުމަށް، އެކުދިންގެ އިޖުތިމާއީ ތައުލީމީ ކުރިއެރުން އިތުރުކޮށް ޕްރީސްކޫލުން ދޭ ތަޢުލީމްގެ ފެންވަރު މަތިކުރުމަށް އެހީތެރިވުންކަމަށް މަކުނުދޫ ކައުންސިލުން ވަނީ ބުނެފައެވެ.
މަކުނުދޫ ސްކޫލާއި، ނާރެސް ޕްރީސްކޫލުން ވަނީ ކައުންސިލްގެ މި އެހީތެރިކަން ފާހަގަކޮށް ޝުކުރުއަދާކޮށްފައެވެ.
މަކުނުދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (އތމކ) އަދި ބެލެނިވެރިން އަންނަނީ ސްކޫލަށް ގިނަ އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!