ކުޅުދުއްފުށީ ސިޓީއިން އިތުރު ތިން މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވި ގޮތުގައި ޕޮޒިޓިވްވެފައި ވަނީ 23 ޖުލައި ގައި ފުލޫ އޯޕީޑީއަށް ދެއްކިއިރު ޕޮޒިޓިވްވި ކުއްޖާގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ވީ މީހުންގެ ތެރެއިން ދެ މީހަކާއި، އިއްޔެ ފުލޫ އޯޕީޑީ އަށް ދެއްކި ފަރާތެއް ކަމަށެވެ.

Ad
rt

މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ ފްލޫ ކްލިނިކަށް ދެއްކިއިރު ޕޮޒިޓިވްވެފައި ވަނީ އުމުރުން 16 އަހަރުގެ ކުއްޖެކެވެ.

23 ޖުލައިގައި ފުލޫ ކުލިނިކަށް ދެއްކި 13 އަހަރުގެ ކުއްޖަކު ޕޮޒިޓިވް ވުމުން ކުޅުދުއްފުށި ސިޓީ އޮތީ އިއްޔެއިން ފެށިގެން މޮނީޓަރިން ހާލަތުގައެވެ.

އިތުރު ތިން ޕޮޒިޓިވް ކޭސް ފެނުމާއި ގުޅިގެން ކޭއާރުއެޗްއިން ވަނީ، ކުޅުދުއްފުށީ ސިޓީގައި ބަލި ފެތުރިފައި އޮތުމުގެ ފުރުސަތު އޮތުމާއެކު ހުރިހާ ރައްޔިތުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އުޅުމަށް އިލްތިމާސް ކުރަށްވާފައެވެ.

"ހާއްސަ ގޮތެއްގައި މާސްކު އަޅައިގެން އުޅުމަށް ހާއްސަ ސަމާލުކަމެއް ދެއްވުން އެދެން. އަދި ދުވަސް ވަރަކީ ޗުއްޓީ ދުވަސްވަރެއް ކަމަށް ވުމާއެކު އެއްވެ އުޅުމުގައި ތިމާގެ ކޮންޓެކްޓް ބަބްލު ކުޑަކޮށް، ގައިދުރުކަން ބެހެއްޓެވުމަށް ނަސޭހަތްތެރިވަން. އަދި ގޭގެއަށް ޒިޔާރަތް ނުކުރުމަށް ވެސް އިލްތިމާސް ކުަރަން." ކޭއާރުއެޗްއިން ވިދާޅުވެފަވެއެވެ.

https://thiladhun.wonstasite.com/69021

ބަލީގެ އެއްވެސް ކަހަލަ އަލާމާތެއް ހުރިނަމަ ލަސް ނުކުރައްވާ ފުލޫ އޯޕީޑީއަށް ދެއްކެވުމަށް ނުވަތަ ކޭއާރުއެޗްގެ ކޯވިޑް ހޮޓްލައިން 7606688 އާ ގުޅާ މައުލޫމާތު ހިއްސާ ކުރެއްވުމަށް ވެސް އެ ހޮސްޕިޓަލުން ވަނީ އެދިލައްވާފައެވެ.

ކޯވިޑްގެ ސަބަބުން މީގެކުރީން ވެސް އެކިފަހަރު މަތިން ކުޅުދުއްފުށީ ސިޓީ ވަނީ މޮނިޓަރިން ހާލަތަށް ގެނެސްފައެވެ.