ކުޅުދުއްފުށީ ސިޓީގެ މަގުބައްތި ތަކަށް ދިމާވާ މައްސަލަތައް ކައުންސިލަށް ރިޕޯޓުކުރުން ފަސޭހަކުރުމުގެ ގޮތުން ޝަކުވާ ފޯމެއް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ތައާރަފްކޮށްފިއެވެ.
އެ ކައުންސިލުން މިއަދު ފޭސް ބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެއްވެސް މަގުބައްތިއެއްގެ މައްސަލަ ފާހަގަކުރެވިއްޖެނަމަ، އެ ފޯމް މެދުވެރިކޮށް މައުލޫމާތު ހިއްސާކުރުމުށް އެދޭކަމަށެވެ.
އަދި އެ މައްސަލައެއް ހިއްސާކުރުމުން، ވީއެންމެ އަވަހަކަށް އެމައްސަލައެއް ހައްލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ކައުންސިލުން ވިދާޅުވެފަވެއެވެ.
ސިޓީ ކައުންސިލުން ވަނީ ޝަކުވާ ފޯމު އޮންލައިން ކޮށް ފުރޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެގޮތުން، https://forms.gle/kDZdFQ7fKQkecEYn9 މި ލިންކު މެދުވެރިކޮށް ގޫގްލް ފޯމް ފުރުމަށް ކުޅުދުއްފުށި ސިޓީކައުންސިލުން ވަނީ އިރުޝާދު ދެއްވާފައެވެ.
މައްސަލަ ޖެހިފައިވާ މަގުބައްތި ބެހެއްޓިފައި ހުރި ސަރަހައްދު އަދި ޖެހިފައިވާ މައްސަލަ ހިމެނޭހެން ފޯމްގެ މައުލޫމާތު ފުރިހަމަކުރުމަށްވެސް އެކައުންސިލުން ވަނީ އެދިލައްވާފައެވެ.
އަތޮޅުތަކުގެ އެކި އެކި ރަށް ރަށުގައި ބައެއް މަގު ބައްތިތައް ނުދިއްލޭ މައްސަލައާއި، އެކަން ހައްލުނުވެ ދިގުލައިގެން ދިޔުމަކީ އާންމުކޮށް ދިމާވާ މައްސަލައެކެވެ. އެހެންކަމުން ކުޅުދުއްފުށީ ކައުންސިލުން މި އެޅި ފިޔަވަޅާއި ގުޅިގެން އެ ސިޓީގެ މަގު ބައްތި ތަކަށް ދިމާވާ މައްސަލަތައް ދެނެގަތުން ފަސޭހަވެ، އެ މައްސަލަތައް ހައްލު ކުރުމަށް ވެސް އަވަސް ފިޔަވަޅުއެޅުމުގެ މަގު ފަހިވެގެން ދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!