ހދ. ކުޅުދުއްފުށީގައި ސަރުކާރުން ތަރައްގީ ކޮށްފައިވާ އެއާޕޯޓްގައި ކޮންމެހެން ކުރަންޖެހޭ ކަންކަން ނުކުރެވި ހުރުމުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަޠީފް ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

މެންބަރު ޔާސިރުގެ މި ކަންބޮޑުވުން ފާޅުކުރެއްވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

Ad
rt

ޔާސިރު ވިދާޅުވީ، ކުޅުދުއްފުށީ އެއާޕޯޓަކީ ކުރީގެ ރައީސް ޔާމީން ނުފުއްދަވާ އޮތް ވަޢުދެއް ކަމަށެވެ.

"ތާރުގަނޑަކުން އޮޕަރޭޝަނަލް އެއާާޕޯޓަކަށް މިސަރުކާރުން 10މަސް ތެރޭ ބަދަލުކުރި، އެހެންނަމަވެސް އިތުރަށް ކޮންމެހެން ކުރަންޖެހޭ ކަންކަން ނުކުރެވި 3 އަހަރު ވާން ދިޔުމަކީ ބަލައި ގަނެވޭނެ ކަމެއްނޫން" ޔާސިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކުޅުދުއްފުށި ރައްޔިތުން އަބަދުވެސް ވޯޓު ދޭނީ ތަރައްޤީއަށް ކަމަށެވެ.

ކުޅުދުއްފުށީ އެއާޕޯޓަކީ ނިމުނު ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެ އާޕޯޓް ހުޅުވާފައި ވަނީ މިދިޔަ ރިޔާސީ އިންތިޚާބުގެ ވޯޓުލުމުގެ ވަގުތު ކުޑަތަންވެފައި ވަނިކޮށް، 2018 ވަނަ އަހަރު ސެޕްޓެމްބަރު 21 ވަނަ ދުވަހު އެވެ.

ނަމަވެސް އޭގެ ފަހުން މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު އެ އެއާޕޯޓް މިހާރު އެއޮތް ވަރަށް ހެދުމަށްފަހު މި ސަރުކާރުން، އެ އެއާޕޯޓްގެ އޮޕަރޭޝަން ފެށީ 2019 އަހަރު އޯގަސްޓް 9 ވަނަ ދުވަހު އެވެ.