ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި އެ ރަށު ކައުންސިލް ގުޅިގެން " މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026" މިއަދު ހަވީރު ފަށައިފިއެވެ.

މި މުބާރާތް ފަށާފައި ވަނީ ހދ. ހަނިމާދޫ އާއި ހއ. ކެލާގެ މެޗުންނެވެ. ހަވީރު 16:15 ގައި ފެށި މި މެޗު 3-1 ސެޓުން ކާމިޔާބު ކުރީ ހަނިމާދޫ ޓީމެވެ.

Ad
rt

މި މުބާރާތުގެ ދެވަނަ މެޗެއް ވެސް ވަނީ މިއަދު ކުޅެފައެވެ. ރޭގަނޑު 20:30 ގައި ފެށި މެޗުގައި ވާދަކުރީ ހދ. ފިނެއާއި ހއ. މުރައިދޫ އެވެ. ފިނޭ މި މެޗު ކާމިޔާބު ކުރީ ސީދާ ތިން ފެޓުންނެވެ.

މި މުބާރާތުގެ ދެ މެޗު މާދަމާ ވެސް ކުޅޭނެއެވެ. މާދަމާ ހަވީރު މެޗުގައި ވާދަކުރާނީ ހދ. އަތޮޅުގެ ދެ ޓީމް ކަމަށްވާ ނޮޅިވަރަމާއި ކުޅުދުއްފުށީ ސިޓީއެވެ.

މާދަމާ ރޭ ކުޅޭނީ ހއ. އަތޮޅަށް ނިސްބަތްވާ ދެ ޓީމެވެ. އެއީ ދިއްދޫ އާއި ބާރަށެވެ.

މި މުބާރާތުގައި ހއ. އަދި ހދ އިން ޖުމްލަ 10 ރަށުން ބައިވެރިވެފައިވެއެވެ.

އެއީ: ހދ. އަތޮޅުން ހަނިމާދޫ، ފިނޭ، ނޮޅިވަރަމް އަދި ކުޅުދުއްފުށި ސިޓީ އެވެ. ހއ. އަތޮޅުން ވަށަފަރު، ދިއްދޫ، މުރައިދޫ، ކެލާ، ފިއްލަދޫ އަދި ބާރަށެވެ.

މި މުބާރާތުގެ ޗެމްޕިއަންޓީމަށް 10،000ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމަށް ކަނޑައަޅާފައިވަނީ 5000ރުފިޔާގެ ފައިސާގެ އިނާމެވެ.