ބ. ދަރަވަންދޫގައި އަލަށް ޤާއިމްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

ބ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ރައީސް މުޢިއްޒު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން 12 ވަނަ މަންޒިލުގެ ގޮތުގައި ރޭ ވަނީ ދަރަވަންދޫ އަށް ވަޑައިގެންފައެވެ.

Ad
rt

ދަރަވަންދޫ އަށް ވަޑައިގެން ރޭ އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރަށްވާފައިވާއިރު، އެރަށުގައި ހުންނަ ބ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލާއި، 8 ކުލާސްރޫމާއި، އޮފީހެއް އެޅުމުގެ އެއްބަސްވުމުގައި ވަނީ ރޭ ސޮއިކުރަށްވާފައެފެ

އެއަށްފަހު ތުޅާދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެރަށުގައި އަލަށް ޤާއިމްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް މިއަދު ވަނީ ރަސްމީކޮށް ފަށާފައެވެ.

މި މަރުކަޒުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން ނެވެ.

ދަރަވަންދޫގައި ތަރައްޤީކުރާ ފުލުހުންގެ މަރުކަޒަކީ ފެނަކަ ކޯޕަރޭޝަންއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.