ހއ. ފިއްލަދޫގައި އަލަށް މީހުން އާބާދުވި ސަރަޙައްދުތަކަށް ކަރަންޓް ޚިދުމަތް ފޯރުކޮށްދިނުމަށް ކޭބަލް ވަޅުލުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތާއި ގުޅިގެން ހއ. ކެލާ ދާއިރާގެ މަޖިލީސް މެންބަރު އަބްދުالله ޝަރީފް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ފިއްލަދޫގައި އަލަށް އާބާދުވި ސަރަޙައްދުތަކަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ކޭބަލް ވަޅުލުމުގެ މަސައްކަތް ފެނަކައިން ފަށައިފިކަމަށެވެ.

Ad
rt

މިގޮތުން މި މަސައްކަތަކީ އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ކަރަންޓްގެ ޚިދުމަތައް އެދޭތާ 9 އަހަރު ފަހުން މި ސަރުކާރުގެ އިސްނެގުމުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއް ކަމަށް މެންބަރު ފާހަގަކުރައްވާފައިވެއެވެ.

މި މަސައްކަތް ކުރެވެމުން މިދަނީ މި ގޭތަކުގެ ވެރިން ކަރަންޓްގެ ޚިދުމަތަށް އެދޭތާ 9 އަހަރު ފަހުން ސީދާ މި ސަރުކާރުން އިސްނަގައިގެން ކަމުގައި ފާހަގަކޮށްލަން.

މެންބަރު އަބްދުالله ޝަރީފް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތައް މެންބަރު ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށާއި، ފެނަކައިގެ އިސްވެރިންގެ އިތުރުން ފެނަކަ ފިއްލަދޫ ބްރާންޗުގެ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފައެވެ.