ބިލެތްފަހީގައި ކުރިއަށް ގެންދިޔަ ފަހާކޯސް ނިންމާލައިފި
ށ. ބިލެތްފަހި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިސްނަގައިގެން އެރަށުގެ ކަނބަލުންނަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ފަހާ ކޯސް ނިންމާލައި ބައިވެރިންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެފިއެވެ. ޖުމްލަ 30 ބައިވެރިންނާއި އެކު މި ކޯސް ފަށާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އެކޮމިޓީގެ ރައީސާ ޚަދީޖާ މޫސާ ވިދާޅުވެފައި ވަނީ މި ފަހާ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދާފައިވަނީ އާއްމުންނަށް އެ ފުރުސަތު ހުޅުވާލައިގެން ކަމަށާއި އެގޮތުގެ […]