އެމްޓީސީސީން ބިލެތްފަހީގެ ކުނިގޮނޑަށް ދާ މަގު ސާފު ކުރަނީ

E_NwL3IUcAQ-3J-

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ އިޖްތިމާއީ ޒިންމާގެ ދަށުން ށ. ބިލެއްފަހީގައި ހަރަކާތްތަކެއް ހިންގަން ފަށައިފިއެވެ.

އެމްޓީސީސީން އަންނަނީ އެ ރަށުގެ ކުނިގޮނޑަށް ދާން އޮންނަ މަގު ސާފުކުރުމާއި، ލެވެލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އަދި ވިއްސާރަ މޫސުމުގައި ފެންބޮޑުވާ ދިމަދިމާލަށް ވެލިއަޅައިދިނުމުގެ މަސައްކަތްވެސް މި އެ ކުންފުނިން ކުރާނެއެވެ.

އެމްޓީސީސީން އަންނަނީ، ރާއްޖޭގެ އެކި ހިސާބުތަކުގައި އިޖްތިމާއީ ޒިންމާގެ ދަށުން ގިނަ މަސައަކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ގއ. ދާންދޫގެ މަގުތައް ސާފު ކުރުމުގެ މަސައްކަތް ވެސް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި