"ނަފްރަތުގެ އަމަލު" ބިލުގެ ސަބަބުން މުންކަރާތްތައް މަނާކުރުމުގެ ދޮރު ބަންދުވޭ: ބިލެތްފަހި ކައުންސިލް

ފޮޓޯ: ބިލެއްފަހި ކައުންސިލް ފޭސްބުކް ޕޭޖް
ފޮޓޯ: ބިލެއްފަހި ކައުންސިލް ފޭސްބުކް ޕޭޖް

"ނަފްރަތުގެ އަމަލު" ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލާމެދު ކަންބޮޑުވާކަމަށާއި، ދީނާ އިދިކޮޅު ޢަމަލުތަކަށް އިންކާރުކޮށްއެކަމާ ދެކޮޅުހެދުމަކީ ކުށަކަށްވާއިރު، މިބިލުގެ ސަބަބުން މުންކަރާތްތައް މަނާކުރުމުގެ ދޮރު ބަންދުވެގެންދާނެކަމަށް ށ. ބިލެއްފަހީ ކައުންސިލުން ބުނެފިއެއެވެ.

ށ. ބިލެއްފަހީގެ 5 ކައުންސިލަރުންގެ ތެރެއިން 3 ކައުންސިލަރަކު ސޮއިކުރައްވާ ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް ހުށަހެޅިފައިވާ އިސްލާޙުތަކާއިގުޅޭ ބިލު ފަރުމާކުރެވިފައިވާ ގޮތުން، އިސްލާމީ ދީނާ އިދިކޮޅު ހިޔާލުތައް ފާޅުކުރާމީހުންނަށް ރައްދުދީ އެމީހުންގެ ނުބައިކަމުން ސަލާމާތްކުރުމަށް މަސައްކަތްކުރާ މިޙާ ކުށްވެރިވެގެންދާނެކަމަށެވެ. މީގެ އިތުރުން، ސުންނަތް ޖަމާއަތުގެ އަގީދާއާ އިދިކޮޅު ބާތިލު ފިރުޤާތަށް ކަމަށްވާ ހައްގަކާއިނުލާ މުސްލިމުން ކާފިރުކުރާ މީހުންނާއި، ގަބުރުތަކަށް އަޅުކަންކުރާ ސޫފީންނާއި، ހަދީޘަށް އިންކާރުކުރާ ޖަމާއަތްތަކުގެ ނުރައްކާތެރިކަން ބަޔާންކޮށް އެފަދަ މީހުންނާއި ދެކޮޅަށް ވާހަކަދެއްކުން މަނާވެގެން ދާނެ ކަމަށް ވެސް އެ ކައުންސިލުން ބުނެފަވެއެވެ.

"މި ބިލު ފަރުމާކުރެވިފައިވާ ގޮތުން، އެ ބިލު ގާނޫނަކަށް ވުމުން، އިސްލާމްްދީނާމެދު އަދާވަތްތެރިކަން ފާޅުކޮށް، އިސްލާމްދީނަށް ފުރައްސާރަކޮށްއުޅޭ މީހުންގެ ނިވާފަތްގަނޑެއްގެ ގޮތުގައި އެ ގާނޫނު ބޭނުން ހިފުމަށް މަގުފަހިވެގެންދާނެއެވެ." ބިލެއްފަހީ ކައުންސިލުން ބުނެފައިވެއެވެ.

"ނަފްރަތުގެ އަމަލު" ގެ ބިލު އަނބުރާ ގެންދެވުމަށް ބިލެއްފަހީގެ ކައުނސިލްގެ ފަރާތުން ދިވެހިރާއްޖޭގެ ރައިސުލްޖުމުހުރިއްޔާއަށް އިލްތިމާސްކޮށްފައިވާއިރު، މި ބިލާ ދެކޮޅަށް ވޯޓްދިނުމަށް ރައްޔިތުން މަޖިލީހުގެ މެންބަރުންނަށާއި ބިލެއްފަހީ ދާއިރާގެ މެންބަރަށް އެބަޔާނުގައިވަނީ ގޮވައިލާފައެވެ.

މިބިލާއިމެދު ކަންބޮޑުވުން ފާޅުކޮށް ބިލެތްފަހީ ކައުންސިލުން ނެރުނު ބަޔާނުގައި ސޮއިކޮށްފައި ވަނީ އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ 3 ކައުންސިލަރުންނެވެ.

ސަރުކާރުގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ހުސައިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ "ނަފްރަތުގެ އަމަލު" ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރާ ބިލާއިިމެދު ކަންބޮޑުވުން ފާޅޫކޮށް، އެބިލާއި ދެކޮޅަށް މިހާތަނަށް ރާއްޖޭގެ 90 އަށް ވުރެ ގިނަ ލޯކަލް ކައުންސިލަކުން ވަނީ ބަޔާން ނެރެފައެވެ. އެ ބަޔާންތަކުގައި 450 އަށް ވުރެ ގިނަ ކައުންސިލަރުން ވަނީ ސޮއިކޮށްފައެވެ.

މީގެއިތުރުން މި ބިލު އަނބުރާ ގެންދަން ގޮވާލައި، ދިވެހިރާއްޖޭގެ 101 ދީނީ އިލްމުވެރިން ހިމެނޭ ގޮތަށް އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް އިއްޔެ ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ. އަދި ބައެއް މަދަނީ ޖަމިއްޔާތަކުން ވެސް ދަނީ ބަޔާން ނެރެމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. "ނަފުރަތުގެ އަމަލުގެ ބިލުގެ ސަބަބުން މުންކަރާތްތަށް މަނާކުރުމުގެ ދޮރު ބަންދުވޭ އެބިލު ބޭރުކުރަން ގޮވާލަން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި