ށ. ބިލެތްފަހީ ސްކޫލްގައި އަމިއްލަ ފަރާތަކުން އިމާރާތްކޮށްދިން މިސްކިތް މިއަދު ހުޅުވައިފިއެވެ.
ބިލެތްފަހީ ސްކޫލުން ވިދާޅުވިގޮތުގައި މިއަދު އެ ސްކޫލްގައި ހުޅުވިގެން ދިޔަ މި މިސްކިތަކީ ރިޓަޔާރޑް މެޖިސްޓްރޭޓް މުޙައްމަދު ރަޝާދު ޙަސަން، ރީހުއްސަބާ/ށ. ބިލެތްފަހީ ގެ ހެޔޮ އެދުންތަކާއި އެކު، އެބޭފުޅާގެ އަމިއް ޚަރަދުގައި ބިނާކޮށް ނިންމާފައިވާ މިސްކިތެކެވެ.
ބިލެތްފަހީ ސްކޫލުން ވަނީ މުޙައްމަދު ރަޝާދު ޙަސަންއަށް އެ ސްކޫލްގެ މެނޭޖްމެންޓާއި، ސްކޫލްގެ ހުރިހާ މުވައްޒަފުންނާއި، ދަރިވަރުން އަދި ބެލެނިވެރިން ހިމެނޭނެހެން ޝުކުރު އަދާކޮށްފައެވެ.
މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ބިލެތްފަހި ސްކޫލް
"މި މިސްކިތް އިމާރާތް ކުރެއްވުމަށް ތިޔަ ކުރެއްވި ހޭދައަކީ ﷲގެ މަގުގައި ކުރެވިފައިވާ ޤަބޫލުވެވިގެންވާ ޞަދަޤާތެއް ކަމުގައި ލެއްވުމެވެ.
މިސްކިތެއް ސްކޫލް އިމާރާތުގައި ބިނާ ކުރުމަކީ އެތައް ދުވަހެއްގެ ދިގު އިންތިޒާރެކެވެ." ބިލެތްފަހީ ސްކޫލުން ވިދާޅުވެފަ ވެއެވެ.
އެ ސްކޫލުން ވަނީ މިކަން ހަޤީގަތަކަށް ހެދުމުގައި އެ ސްކޫލްގެ ޕްރިންސިޕަލް އަޒްލީނާ ކުރެއްވި މަސައްކަތް ވެސް ފާހަގަ ކުރަށްވާފައެވެ.
ފޮޓޯ: ބިލެތްފަހި ސްކޫލް
މި ސްކިތުގައި އެޅުމަށް ޓަކައި ކާޕެޓް ހަދިޔާކޮށްފައިވަނީ އަލްމަރްހޫމާ ޢާއިޝަތު އީނާލް ފަރާތުންނެވެ.

ބިލެތްފަހީ ސްކޫލަކީ 130 އެއްހާ ދަރިވަރުން ތައުލީމު ހާސިލް ކުރަމުންދާ ސްކޫލެކެވެ.
އެ ސްކޫލަށް މި ލިބުނު އަގުބޮޑު ހަދިޔާއާއިއެކު، ދަރިވަރުންނާއި، މުދައްރިސުން އަދި އެ ސްކޫލްގެ މުވައްޒަފުން ނަމާދު ކުރުމަށް ފަސޭހަކަން ލިބިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!