ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މުވައްޒަފުން ވަކި ފޮއްޓަކަށް ރީ-ރެޖިސްޓަރ ވުމަށް ދަނީ މަޖުބޫރު ކުރަމުން: އިދިކޮޅު
ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މުވައްޒަފުން، އެ މަރުކަޒުގައި ބަހައްޓާ ވޯޓު ފޮށްޓަށް ވޯޓު ލުމަށް ރީ-ރެޖިސްޓަރ ކުރަން މަޖުބޫރު ކުރަމުންދާ ކަމަށް އިދިކޮޅު، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ. އެ ކޯލިޝަނުން މިއަދު އާންމުކުރި ނޫސްބަޔާނެއްގައި ބުނީ ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ލޯކަލް ކައުންސިލް އިންތިޚާބަށް ވޯޓުލުމަށް ބަހައްޓާ ވޯޓުފޮށްޓަށް ވޯޓު ލުމަށް ރީ-ރެޖިސްޓަރ ކުރުމަށް އ...