ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވަގުތީ ލީޑަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީޕީއެމްގެ ނާއިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ހައްޔަރުކޮށްފި އެވެ.

އެ ދެ ބޭފުޅުން ވެސް ހައްޔަރުކޮށްފައިވަނީ މިހާރު އިދިކޮޅު ކޯލިޝަން މާލޭ ސިޓީގައި ކުރަމުންދާ ''ކޮބާ މަގޭ ފްލެޓް'' މުޒާހަރާގެ ތެރެއިންނެވެ.

Ad
rt

އެ މުޒާހަރާ ފަށަން ތައްޔާރުވެފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ޢަބުދުﷲ (މޮސްޓާ) ވެސް ވަނީ މަޖީދީ މަގުން ހައްޔަރުކޮށްފަ އެވެ.

މީގެ އިތުރުން އެ މުޒާހަރާއާއި ގުޅިގެން، ކުރީގެ ހޯރަފުށީ ދާއިރާގެ މަޖިލީސް މެންބަރު މުހައްމަދު އިސްމާއީލް އާއިި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ބައެއް ކައުންސިލް މެންބަރުންނާއި ބައެއް އާންމުންވެސް ވަނީ ހައްޔަރުކޮށްފަ ކަމަށް މައުލޫމާތު ލިބެއެވެ.

އެޗްޕީއޭގެ ހިންގުންތަކާ ހިލާފަށް، އަދި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާވެސް ހިލާ މިއަދު މާލޭގެ އެކި ސަރަހައްދުތަކުގައި އެއްވުންތަކެއް ބޭއްވުމަށް ރާވަމުންދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށާއި، މިފަދަ ގާނޫނާއި ގަވައިދާ ހިލާފު އެއްވުންތައް ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށް މިއަދު ވަނީ ފުލުހުން ވިދާޅުވެފައެވެ.

ފުލުހުން މިގޮތަށް ވިދާޅުވިއިރު، އިދިކޮޅުން ސިލްސިލާ މުޒާހަރާތައް މާލޭ ސިޓީގައި ކުރަމުންދާއިރު، މިއަދުގެ މުޒާހަރާ ގެންދާނީ އެޗްޕީއޭގެ އެންގުމާއި އެއްގޮތަށް، ގާނޫނީ އިމުގެ ތެރެއިން ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފަ އެވެ.