އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން މިރޭ މާލޭ ސިޓީގައި ކުރަމުންދާ އިހުތިޖާޖުގެ ތެރެއިން ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އިދިކޮޅުން މިރޭ އިދކޮޅުން ކުރަމުން ގެންދާ އިހުތިޖާޖުގެ ތެރެއިން ސަލްމާން މިސްކިތް ކައިރިން ބޮޑު ތަކުރުފާނު މަގުންނެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ މައިޕާޓީ، ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި ޝިޔާމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަން ޕީޕީއެމް ތަމްސީލް ކުރަށްވާ ކައުންސިލް މެންބަރަކު ''ތިލަދުން''އަށް ކަށަވަރު ކޮށްދެއްވައެވެ.
އިދިކޮޅުން މިރޭ އިހުތިޖާޖު ކުރަމުން ދަނީ ސަރުކާރު ހަމަމަގަށް އަޅުވައި، ޖަވާބުދާރީ ކުރުވުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝިޔާމްގެ އިތުރުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ވަގުތީ ލީޑަރ އަދި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބުދު ﷲ އާއި، އެޕާޓީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާއު ވެސް ވަނީ އިންޑިއާއިން ހަދިޔާ ކުރި ވެކްސިންއާ ގުޅޭ މައުލޫމާތުތައް ހާމަކަން ބޮޑު ގޮތެއްގައި ހާމަކުރުމަށް ގޮވާލައި އިދިކޮޅުން މިއަދު ބޭއްވި އިހުތިޖާޖުގެ ތެރެއިން، ދަރުބާގޭ ސަރަޙައްދުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!