ޤާނޫނުއަސާސީގައި ލިޔަންވީ އަބަދުމެ ވެރިކަމުގައި އޮންނާނީ އެމްޑީޕީކަމަށާއި، އަދި އަބަދުމެ ވެރިކަމުގައި ހުންނަވާނީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުކަމަށް އިދިކޮޅު ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކޮންގްރެސްއެއް ބާއްވައި، ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަކީ ޖުމްލަ ވޯޓްގެ 30 އިންސައްތަ އަށް ވުރެން މަދު ނޫން އަދަދަކަށް ވޯޓް ހޯދާފައިވާ ކެންޑިޑޭޓެއްނަމަ، އެ ކެންޑިޑޭޓްއަކީ މޮޅުވި ކެންޑިޑޭޓްގެ ގޮތުގައި ގާނޫނުއަސާސީގައި ކަނޑައެޅުމަށް އެ ކޮންގްރެސްއިން ނިންމުމަށް މަޖިލިސްގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ.

Ad
rt

އެ އިސްލާހާއި ގުޅިގެން ނަޝީދު ވަނީ، އެއީ އެމްޑީޕީ އަބަދުމެ ވެރިކަމުގައި އޮތުމަށް މުހިންމު ބަދަލެއް ކަމަށް ވިދާޅުވެފައެވެ.

އެކަމަށް ރައްދު ދެއްވަމުން ހީނާ ވިދާޅުވީ، ވެރިކަމުގައި އަބަދު އޮންނަން ޤާނޫނުއަސާސީއަށް އިސްލާޙް ގެންނަންވީ، "އަބަދުމެ ވެރިކަމުގައި އޮންނާނީ އެމްޑީޕީ" ކަމަށް ލިޔެގެން ކަމަށެވެ.

"ވެރިކަމުގައި އަބަދު އޮންނަން ޤާނޫނުއަސާސީއަށް އިސްލާޙް ގެންނަންވީ، އަބަދުމެ ވެރިކަމުގައި އޮންނާނީ އެމްޑީޕީ ކަމަށް، އަދި އަބަދުމެ ވެރިކަމުގައި ހުންނާނީ "މަނިކުފާނު"ކަމަށް،" އެމްޑީޕީއަށާއި، ރައީސް ނަޝީދަށް ނިސްބަތްކުރަށްވާ ހީނާ ވިދާޅުވިއެވެ.

އެކަމަށް ފާޑު ވިދާޅުވަމުން ހީނާ ވިދާޅުވީ، އޭރުން ޑިމޮކްރަސީ އަބަދުމެ އޮންނާނީ ފުރާފުރިހަމަވެފައި ކަމަށެވެ. އަދި އެއީ ޑިމޮކްރަސީގެ ޗެމްޕިއަންކަމަށް ބުނާ މީހެއްގެ ގޮވާލުން ކަމަށް ވިދާޅުވިއެވެ.