ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްޤައްޔޫމް ރ. މީދޫއަށް ވަޑައިގެންފި އެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ހާމަކޮށްފައިވާ ގޮތުގައި ރައީސް ޔާމީން މީދޫއަށް ވަޑައިގަތީ، އެ ކޯލިޝަނުން ހިންގާ "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕޭންގެ ދަށުން މީދޫގައި ހިންގާ ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. އިދިކޮޅުން އިސްވެ ހިންގާ "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕޭންއަކީ ރާއްޖެގައި ގާއިމުވެ ތިބި އަވަށްޓެރި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާ ހިންގާ ކެމްޕޭނެކެވެ.
ރައީސް ޔާމީން މިއަދު މީދޫއަށް ވަޑައިގެންނެވުން ހޫނު މަރުޙަބާއެއް ކިޔާފައިވާއިރު، ގިނަ އަދަދެއްގެ ސަޕޯޓަރުން ވެސް މަރުޙަބާ ކިޔަން ނުކުމެތިބިތަން ދައުރުވަމުންދާ އެ މަންޒަރުތައް ފެންނަ ފޮޓޯ/ވީޑިއޯތަކުން ފެނެއެވެ. އަދި އެ ސަރަހައްދުން "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕެއިންގައި ބޭނުން ކުރާ ރަތް ކުލައިގެ ޓީޝާޓް ލައިގެން ގިނަ އަދަދެއްގެ މީހުން ތިއްބާ ފެނެއެވެ.
އެ ރަށުގައި އެ ކެމްޕޭންގެ ދަށުން ހިނގާލުމެއް ކުރިއަށް ގެންދިޔައިރު، ރައީސް ޔާމީން ވަނީ ސަޕޯޓަރުންނާ މުޚާތަބުކުރަށްވާ ވާހަކަ ދައްކަވާފައެވެ.
މި ކެމްޕޭންގެ ދަށުން މީގެކުރިން ރައީސް ޔާމީން ވަނީ ކ.، ފ.، ށ. އަތޮޅުގެ ބައެއް ރަށްރަށަށާއި، ރ. ދުވާފަރަށް ވެސް ވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!