ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދިންކަމަށް ބުނެ އޮންލައިން ނޫހެއްގައި ޝާއިޢުކޮށްފައިވާ ޚަބަރަކީ ހަގީގަތާ ޚިލާފު ދޮގު ޚަބަރެއްކަމަށް ސަރުކާރުން ބުނެފިއެވެ.
އޮންލައިން ނޫހެއްގައި މިއަދު ޝާޢިއުކުރި ޚަބަރެއްގައި ބުނެފައި ވަނީ ރައީސްގެ ފަރާތްޕުޅުން މި މަހު ޕީއެންސީގެ މަޖިލިސް ކޮންމެ މެންބަރުންނަށް، މިމަހު 750،00 ރުފިޔާ ދީފައިވާ ކަމަށެވެ.
ރައީސްގެ ފަރާތްޕުޅުން ޕީއެންސީގެ މަޖިލިސް މެންބަރުންނަށް މާލީ އިނާޔަތް ދޭކަމަށް މީގެ ކުރީން ފެތުރު އަޑުވެސް ސަރުކާރުން ވަނީ ދޮގުކޮށްފައެވެ. މިއަދު ނޫހެއްގެ ޝާޢިއުކުރި ޚަބަރާއި ގުޅިގެން ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ވިދާޅުވެފައި ވަނީ އެ ޚަބަރަކީ "ކަނޑައެޅިގެން ހަގީގަތާ ޚިލާފު ދޮގު ޚަބަރެއް" ކަމަށެވެ.
''ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން، ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދިންކަމަށް ބުނެ އަދަދު އޮންލައިންގައި ޝާއިޢުކޮށްފައިވަނީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ދޮގު ޚަބަރެކެވެ.'' ހީނާ ވިދާޅުވެފަވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން، ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދިންކަމަށް ބުނެ އަދަދު އޮންލައިންގައި ޝާއިޢުކޮށްފައިވަނީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ދޮގު ޚަބަރެކެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް، ފިތުނަ އުފެއްދުމުގެ ބޭނުމުގައި މިފަދަ ދޮގު ޚަބަރެއް…
— Heena Waleed (@MvSpokesperson) September 11, 2024
''ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް، ފިތުނަ އުފެއްދުމުގެ ބޭނުމުގައި މިފަދަ ދޮގު ޚަބަރެއް ފެތުރި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް މިދަނީ ކުރަމުން'' ހީނާ އިތުރަށް ވިދާޅުވެފަވެއެވެ.
ރައީސްއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނިސްބަތްކޮށް ފާޅުގައި ދޮގު ޚަބަރު ފަތުރަމުންދާ ފަރާތްތަކާމެދު ސަމާލުމަށް އިލްތިމާސްކުރަށްވާކަމަށް ވެސް ހީނާ ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!