މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ޓޫރިޒަމް

112 Stories filed
ވޯލްޑް ލީޑިން ހަނީމޫން ރިސޯޓަކަށް މަނަފަރު
Thiladhunmathi News

ވޯލްޑް ލީޑިން ހަނީމޫން ރިސޯޓަކަށް މަނަފަރު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ 2023ގެ ވޯލްޑް ލީޑިން ހަނީމޫން ރިސޯޓަކަށް ހއ. އަތޮޅުގެ އެންމެ އުތުރު ބިތުގައި އޮންނަ ޖޭއޭ މަނަފަރު ރިސޯޓު ހޮވިއްޖެއެވެ. 82 ކޮޓަރި/ވިލާ ހުންނަ ފަސް ތަރީގެ މަނަފަރަށް ވަނީ 2021 ވަނަ އަހަރު ވެސް އެ މަގާމު ލިބިފައެވެ. ވޯލްޑް ޓްރެވަލް އެވޯޑްސްގެ 2023 ހަފްލާ ބާއްވާފައި ވަނީ ރޭ އެކުވެރި އިމާރާތުގެ ދުބާދީގެ “ބްރުޖް އަލް އެރެބް” ހޮޓެލް ގައެވެ. ވޯލްޑް ޓްރެވަލް އެވޯޑްސްގެ 2023 ވޯލްޑް ލީޑިން ހަނީމޫން […]

ރާއްޖޭގެ ފަތުރުވެރިކަން އެހެން މިސްރާބަކަށް ގެންދިޔުމަށް ހެރިޓޭޖް ޓޫރިޒަމް ދިރާސާ ކުރަންޖެހޭ: ނަސީމް
Raajje

ރާއްޖޭގެ ފަތުރުވެރިކަން އެހެން މިސްރާބަކަށް ގެންދިޔުމަށް ހެރިޓޭޖް ޓޫރިޒަމް ދިރާސާ ކުރަންޖެހޭ: ނަސީމް

ރާއްޖޭގެ ފަތުރުވެރިކަން އެހެން މިސްރާބަކަށް ގެންދިޔުމަށް ހެރިޓޭޖް ޓޫރިޒަމް ފަދަ ދާއިރާތައް ހޯދާ ބަލައި ދިރާސާކުރަން ޖެހޭކަމަށް ސިއްހަތާ ބެހޭ ވަޒީރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ. ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ގާލާ ނައިޓް ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކައިގާ ވަޒީރު ވިދާޅުވީ ރާއްޖޭގެ ތަރިކަ ރައްކާކޮށް ހިމާޔަތްކޮށް، އެއީ ބަދަލުވަމުންދާ ވެރިކަމާއެކު ބަދަލުނުވެ އޮތް ހަގީގަތަކަށް ހަދަން ގާނޫނީގޮތުން ވެސް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގަ...

މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް 1.2 މިލިއަން ފަތުރުވެރިން އަތުވެއްޖެ
Raajje

މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް 1.2 މިލިއަން ފަތުރުވެރިން އަތުވެއްޖެ

މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް 1.2 މިލިއަން ފަތުރުވެރިން ރާއްޖެ އަތުވެއްޖެއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި އެ މުއްދަތުގައި 1،254،252 ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު، އެއީ ދުވާލެއްގެ މައްޗަށް ބަލާނަމަ އެވްރެޖުކޮށް ދުވާލަކު 5,037 ފަތުރުވެރިންނެވެ. މީގެ އިތުރުން އެވްރެޖުކޮށް 7 ދުވަހަށް ވުރެ ދިގު މުއްދަތަކަށް އެމީހުން ރާއްޖޭގައި ހޭދަކުރާ ކަމަށް ތަފާސް ހިސާބުން ދައްކާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު، 14 އިންސައްތައިގެ […]

މިއަހަރުގެ މިހައިތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 7 ލައްކައަށްވުރެ މައްޗަށް އަރައިފި
Raajje

މިއަހަރުގެ މިހައިތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 7 ލައްކައަށްވުރެ މައްޗަށް އަރައިފި

މިއަހަރުގެ މިހައިތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 7 ލައްކައަށްވުރެ މައްޗަށް އަރައިފިއެވެ. ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މެއި މަހުގެ 5 ގެ ނިޔަލަށް ޖުމްލަ 710،645 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. ކޮވިޑްގެ ކުރިން 2019 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 667،729 ފަތުރުވެރިންނެވެ. އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މެއި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރ...

މި މަހު 12 ގެ ނިޔަލަށް 592،605 ފަތުރުވެރިން ރާއްޖެ އަތުވެއްޖެ
Business

މި މަހު 12 ގެ ނިޔަލަށް 592،605 ފަތުރުވެރިން ރާއްޖެ އަތުވެއްޖެ

މި މަހުގެ 12 ގެ ނިޔަލަށް 592،605 ފަތުރުވެރިން ރާއްޖެ އަތުވެއްޖެއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 600،000 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %20 އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 493،878 ފަތުރުވެރިންނެވެ. މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 5،810 ފަތުރުވެރިން ރާއްޖެ އަންނަކަމަށް ތަފާސް ހިސާބުން ދަ...

ފެބްރިއަރީ މަހު ރާއްޖެއަށް 177،915 ފަތުރުވެރިން
Raajje

ފެބްރިއަރީ މަހު ރާއްޖެއަށް 177،915 ފަތުރުވެރިން

ފާއިތުވި ފަސް އަހަރުގެ ފެބްރުއަރީ މަސްތަކާއި އަޅާބަލާއިރު، މިދިޔަ ފެބްރިއަރީގައި ރާއްޖެ އައި ފަތުރުވެރިން އިތުރުވެއްޖެއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރައްވާފައިވާ ‘މަންތްލީ ސްޓެޓިސްޓިކް’ ގައިވާ ގޮތުން މިއަހަރުގެ ފެބްރުއަރީ މަހު ވަނީ 177،915 ފަތުރުވެރިން ރާއްޖެ އައިސްފައެވެ. މިއީ މިއަހަރުގެ ޖެނުއަރީ މަހަށްވުރެ 3.1 އިންސައްތައިގެ ކުރިއެރުމެކެވެ. ސްޓެޓިސްޓިކް އިން ދައްކާ ގޮތުގައި އެވްރެޖު ގޮތެއްގައި ކޮންމެ ދުވަހަކުވެސް 6354 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އެންމެގިނައިން އެއްދުވަހަކަށް ފ...

ފަތުރުވެރިންގެ އާ ރެކޯޑެއް
Business

ފަތުރުވެރިންގެ އާ ރެކޯޑެއް

އިއްޔެ ރާއްޖެއަށް ރެކޯޑު އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އިއްޔެ 8028 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރިއެވެ. މިއީ ކޮވިޑަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވިފަހުން އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން އައި ދުވަހެވެ. މި ކާމިޔާބީއާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ޕާޓްނަރުންނާއި ސްޓޭކްހޮލްޑަރުންނަށް މަރުހަބާ ކިޔައިފައެވެ. ޓޫރިޒަމް މިނިސްޓްރީބް ނެރެފައިވާ ތަފާސްހިސާބުތަކަށް ދައްްކާ ގޮތުގައި މިއަހަރުގެ ފެބްރު...

ޖެނުއަރީ މަހު ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން އަތުވެއްޖެ
Raajje

ޖެނުއަރީ މަހު ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން އަތުވެއްޖެ

ފާއިތުވި ޖެނުއަރީ މަހު ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން އަތުވެއްޖެއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ޖެނުއަރީ މަހު ރާއްޖެއަށް ވަނީ 172535 (އެއް ލައްކަ ހަތްދިހަ ދެ ހާސް ފަސް ސަތޭކަ ތިރީސް ފަހެއް) ފަތުރުވެރިން އައިސްފައެވެ. މިއީ ފައިބެއަހަރު އަހަރުގެ ޖެނުއަރީމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 1،31،762 ފަތުރުވެރިންނާއި އަޅާ ބަލާއިރު، 30.9 އިންސައްތަ އިތުރު އަދަދެކެވެ. އަދި ކޯވިޑުގެ ކުރިން 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް ޒިޔާރާތްކޮށްފައިވާ 1،51،552 ފަ...

ތިން އަހަރަށްފަހު ޗައިނާގެ ފްލައިޓެއް ރާއްޖެއަށް
Business

ތިން އަހަރަށްފަހު ޗައިނާގެ ފްލައިޓެއް ރާއްޖެއަށް

ކޮވިޑް-19 އާ ގުޅިގެން ޗައިނާ ބަންދު ކުރިތާ ތިން އަހަރަށް ފަހު މިއަދު އެ ގައުމުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފިއެވެ. ޗައިނާގެ ފަތުރުވެރިން ގޮވައިގެން ރާއްޖެއަށް ދަތުރުކުރި ފުރަތަމަ ފްލައިޓް އައުމުގެ އުފާވެރި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ވަނީ ކުލަގަދަ ހަފްލާއެއް ބާއްވައިފިއެވެ. މި ހަފްލާ ބާއްވާފައިވަނީ ޗައިނާގެ ބެއިޖިން ޑެކްސިން އިންޓަނޭޝަނަލް އެއާޕޯޓުން ފްލައިޓް ޖޭޑީ455 އައުމާ އެކު ވެލާނާ އިންޓަނޭޝަނަލް...

އަހަރުގެ ފުރަތަމަ ފަތުރުވެރިޔާ އަށް ހޫނު މަރުޙަބާއެއް
Raajje

އަހަރުގެ ފުރަތަމަ ފަތުރުވެރިޔާ އަށް ހޫނު މަރުޙަބާއެއް

މިއަހަރުގެ ފުރަތަމަ ފަތުރުވެރިޔާ ރާއްޖެ އަތުވެއްޖެ އެވެ. ރާއްޖެއަށް މިއަހަރު އެންމެފުރަތަމަ އައީ ރަޝިޔާގެ ފަތުރުވެރިއެއް ކަމަށްވާ ކޮލައި ސްޓްރޭޓިކަކް އެވެ. އޭނާ އަށް ވަނީ ހޫނު މަރުހަބާ އެއް ކިޔާފަ އެވެ. ކޮންމެ އަހަރަކުވެސް ރާއްޖެއަށް ޒިޔާރަތްކުރާ ފުރަތަމަ ފަތުރުވެރިޔާއަށް މަރުޙަބާކިޔުމަށް ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީއާއި އެމްއޭސީލްއެލް އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން އަންނަނީ ހާއްސަ ހަރަކާތެއް ބާއްވަމުން ނެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ފަތުރުވެރިޔ...

"ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ފަންސާސް" ޑިޖިޓަލް ފޮތް އިފްތިތާހުކޮށްފި
Raajje

"ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ފަންސާސް" ޑިޖިޓަލް ފޮތް އިފްތިތާހުކޮށްފި

“ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ފަންސާސް” ޑިޖިޓަލް ފޮތެއް ޓޫރިޒަމް މިނިސްޓްރީން އިފްތިތާހުކޮށްފި އެވެ. މި ފޮތް އިފްތިތާހު ކޮށްދެއްވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޅަފަތުގައި ރިސޯޓު އަދި ސަފާރީ އުޅަނދު ތަރައްގީ ކުރުމުގެ މަސައްކަތުގައި އުޅުއްވި މައިޒާން އުމަރު މަނިކެވެ. މި ފޮތުގައި ފަތުރުވެރިކަމުގެ ފެށުމާއި އޭގެ މުހިންމު ބައިވެރިން، ފަތުރުވެރިކަން ތަރައްގީވަމުން އައި ގޮތް ބަޔާންކޮށްފައި ވެއެވެ. އަދި ސަރުކާރުގެ ދައުރާއި ރާއްޖޭގެ އިގްތިސާދުގައި ފަތުރުވެރިކަމުގެ ދައުރުގެ މައްޗަށް ވެސް އަލިއަޅުވާލާފ...

1.6 މިލިޔަން ވަނަ ފަތުރުވެރިޔާ އާއެކު މިއަހަރުގެ އަމާޒު ހާސިލުވެއްޖެ
Raajje

1.6 މިލިޔަން ވަނަ ފަތުރުވެރިޔާ އާއެކު މިއަހަރުގެ އަމާޒު ހާސިލުވެއްޖެ

މިއަހަރު ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް ސަރުކާރުން ހިފި އަމާޒަށް ވާޞިލްވެއްޖެއެވެ. މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައި ވަނީ މި އަހަރު ޖުމްލަ 1.6 މިލިޔަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރާނެކަމަށް ސަރުކާރުން އަންދާޒާކުރާކަމަށެވެ. މި އަމާޒަށް މިއަދު ވާސިލް ވެވިފައިވާއިރު، މިއަދު ޒިޔާރަތްކުރި 1.6 މިލިޔަން ވަނަ ފަތުރުވެރިޔާއަށް މަރްޙަބާ ދެންނެވީ ނައިބު ރައީސް ފައިޞަލް ނަސީމެވެ. މިކަމަށްޓަކައި މިއަދު މެންދުރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގަ...

މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.2 މިލިއަނަށް އަރައިފި
Raajje

މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.2 މިލިއަނަށް އަރައިފި

މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.2 މިލިއަނަށް އަރައިފި ކަމަށް “މޯލްޑިވްސް ޓޫރިޒަމް އަޕްޑޭޓް” ރިޕޯޓުގައި ހާމަކޮށްފި އެވެ. ޓޫރިޒަމް މިނިސްޓްރީން އާންމުކުރި އެ ރިޕޯޓުގައި ވިދަޅުވެފައިވަނީ މިއަހަރުގެ މިހައިތަނަށް 1,317,573 މިލިއަން ފަތުރުވެރިން، ރާއްޖެއަސް ވަނީ އައިސްފަ އެވެ. އެންމެގިނައިން ރާއްޖެއަށް ފަތުރުވެރިން އައިސްފައިވަނީ އިންޑިއާ އިން ކަމަށާއި އެ ގައުމުން ރާއްޖޭގެ މާކެޓުގެ 14.1 ޕަސެންޓް ހިއްސާކުރަމުން އަންނަކަމަށް ވެސް އެ ރިޕޯޓުގައި ވެއެވެ. އަދި ދެވަނައަށް އެންމެގިނައިން ފަތުރުވެ...

ޓޫރިޒަމް މިނިސްޓްރީގެ ވަފުދަށް ނައިވާދޫއިން މަރުޙަބާކީ "ޓޫރިޒަމް ނެތް ހދ"ގެ ޝުއޫރުތަކުން
Thiladhunmathi News

ޓޫރިޒަމް މިނިސްޓްރީގެ ވަފުދަށް ނައިވާދޫއިން މަރުޙަބާކީ "ޓޫރިޒަމް ނެތް ހދ"ގެ ޝުއޫރުތަކުން

ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ހިމެނި ވަޑައިގަންނަވާހެން އެމިނިސްޓްރީގެ ވަފުދެއް ތިލަދުންމަތީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހދ. ނައިވާދޫ އަށް ވަޑައިގަތުމުން ހދ. އަތޮޅަށް ފަތުރުވެރިކަމުގެ ފޮނިމީރުކަން ނުލިބި، ދިގު އިންތިޒާރެއް ކުރަންޖެހިފައިވާތީ އެރަށުގެ ރައްޔިތުން ޝުއޫރުފާޅު ކޮށްފިއެވެ. މިގޮތުން މިނިސްޓަރު ޑރ. މައުސޫމާއި ވަފްދު މިއަދު އެރަށަށް ވަޑައިގަތްއިރު އެރަށުގެ ގިނަ ޢަދަދެއްގެ ޒުވާނުން ހިމެނޭހެން ރައްޔިތުން ވަނީ މިނިސްޓަރާއި، ވަފުދަށް މަރުޙަބާ ކިޔުމަށް “...

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުން ޓޫރިޒަމްގެ ރަން ދުވަސްވަރު އަންނާނެ: އެމްޔޫ މަނިކު
Raajje

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުން ޓޫރިޒަމްގެ ރަން ދުވަސްވަރު އަންނާނެ: އެމްޔޫ މަނިކު

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުން ޓޫރިޒަމްގެ ރަން ދުވަސްވަރު އަންނާނެ ކަމަށް ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިޔާ މުހަންމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވިދާޅުވެއްޖެ އެވެ. ފަތުރުވެރިކަމުގެ ރަން ޔޫބީލް ގާލާ އިވްނިންގ ގައި ވާހަކަ ދައްކަމުން އެމްޔޫ މަނިކު ވިދާޅުވީ ހުރިހާ ފަންތިއެއްގެ ރިސޯޓުތައް ރާއްޖޭގައި ހުޅުވިގެން ގޮސް ރާއްޖެއަކީ ޓޫރިޒަމްގެ “ބެންޗް މާކް”އަށް ވެގެން ގޮސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމްގެ ރަން ދުވަސްވަރު އެ އަންނަނީ އަދި ކިރިޔާ ކަމަށާއި އެ […]