"ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ފަންސާސް" ޑިޖިޓަލް ފޮތެއް ޓޫރިޒަމް މިނިސްޓްރީން އިފްތިތާހުކޮށްފި އެވެ.
މި ފޮތް އިފްތިތާހު ކޮށްދެއްވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޅަފަތުގައި ރިސޯޓު އަދި ސަފާރީ އުޅަނދު ތަރައްގީ ކުރުމުގެ މަސައްކަތުގައި އުޅުއްވި މައިޒާން އުމަރު މަނިކެވެ.
މި ފޮތުގައި ފަތުރުވެރިކަމުގެ ފެށުމާއި އޭގެ މުހިންމު ބައިވެރިން، ފަތުރުވެރިކަން ތަރައްގީވަމުން އައި ގޮތް ބަޔާންކޮށްފައި ވެއެވެ. އަދި ސަރުކާރުގެ ދައުރާއި ރާއްޖޭގެ އިގްތިސާދުގައި ފަތުރުވެރިކަމުގެ ދައުރުގެ މައްޗަށް ވެސް އަލިއަޅުވާލާފައި ވެއެވެ.
މީގެ އިތުރުން ބޭރުގެ ބްރޭންޑްތަކާއި ދަތުރުފަތުރަށް އައި އިންގިލާބީ ބަދަލުތައް ވެސް ހިމަނާފައިވާއިރު، އެ ދާއިރާ އާ ގުޅުންހުރި މަޝްރޫއުތަކާއި ފަތުރުވެރިކަން ދެމެހެއްޓުމަށް ކުރިއަށް އޮތް ޖީލުތަކުގެ ޒިންމާ ފަދަ ބައިތައް ވެސް މި ފޮތުގައި ވަނީ ހިމަނާފަ އެވެ.
މި ފޮތުގައި ރައީސް ސާލިހާއި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމުގެ ޚިތާބަކާއި އެ މިނިސްޓްރީ ހިންގެވި ބައެއް މިނިސްޓަރުންގެ ބަސްފުޅުތައް ވެސް ހިމަނާފައި ވެއެވެ.
"ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ފަންސާސް" ޑިޖިޓަލް ފޮތެއް ނެރުނުއިރު މިއަހަރަކީ ރާއްޖޭގެ 50 އަހަރު ފުރުނު އަހަރެވެ. މި އަހަރާއި ގުޅުވައިގެން ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާއަތް ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގާފައިވާއިރު، ދާއިރާގެ އެކި ގިންތީގެ ހިދުމަތްތެރިންގެ އަގު ވަޒަން ކުރުމަށް އަންނަނީ ހަނދާނީ ފިލާ ދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!