ބާރަށު ޓޫރިސްޓް ހޮޓާ ތަރައްޤީކޮށް ހިންގަން އަނެއްކާވެސް ބީލަމަށް، ޝުޖާޢު އެދިވަޑައިގަތީ ފުރުސަތުގެ ބޭނުން ހިފަން
ހއ. ބާރަށު ޓޫރިޒަމް ޒޯނުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން އިއްޔެ ޢިއުލާންކޮށްފިއެވެ. މި ޢިއުލާނާއި ގުޅިގެން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާ އެއްގޮތަށް ހއ.ބާރަށު ޓޫރިސްޓް ޒޯން އިންޓަރނޭޝަނަލް ބިޑަށް ހުޅުވާލާފައިވާކަމަށެވެ. އަދި މިއީ ބާރަށުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ހުޅުވާލި ތިންވަނަ ފަހަރުކަން ވެސް ޝުޖާއު ވަނީ ފާހަގަކުރަ...