ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދުނިޔޭގެ ލީޑިންގ ޑެސްޓިނޭޝަންގެ ޝަރަފްވެރި މަގާމު ދިވެހިރާއްޖެއިން ޖެހިޖެހިގެން ފަސް ވަނަ އަހަރު ހާސިލުކޮށްފިއެވެ.

މި އެވޯޑު ރާއްޖެއަށް ލިބުނީ ޕޯޗުގަލްގެ މެޑީރާގައި ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް 2024 ގެ ހަފްލާގައެވެ.

Ad
rt

ދިވެހިރާއްޖޭގެ އިތުރުން މި އަހަރު ލީޑިން ޑެސްޓިނޭޝަން އެވޯޑަށް 18 ގައުމެއް ނޮމިނޭޓްވެ ވާދަކޮށްފައިވެއެވެ.

ދުނިޔޭގެ ލީޑިންގ ޑެސްޓިނޭޝަންގެ އިތުރުންވެސް ޝަރަފުވެރި އެވޯޑްތަކެއް ދިވެހިރާއްޖެއިން ވަނީ މި ރަސްމިއްޔާތުގައި ހާސިލުކޮށްފައެވެ. މީގެ ތެރޭގައި ތިމާވެއްޓާއި ރަށްޓެހި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މަންޒިލް ނުވަތަ ވޯލްޑް ލީޑިން ގްރީން ޑެސްޓިނޭޝަންގެ އެވޯޑް ފުރަތަމަ ފަހަރަށް ރާއްޖެއަށް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި ރާއްޖޭގެ ރިސޯޓްތަކަށް ވެސް ގިނަ އެވޯޑްތަކެއް ލިބުނެވެ.

މި ޝަރަފް ލިބުން ފާހަގަކުރަށްވާ ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާޙިމް ފައިސަލް ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ޚިދުމަތްތެރިންގެ މަސައްކަތް ފާހަގަކުރަށްވައި މަރުޙަބާއާއި ޝުކުރު ދަންނަވާފައެވެ.

މިއަހަރު ކުރީ ކޮޅު ރާއްޖެއަށް ވަނީ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީން ވެސް މުހިންމު އެވޯޑުތަކެއް ވެސް ލިބިފަ އެވެ.