ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ދެ މިލިޔަން ވަނަ ފަތުރުވެރިޔާއަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) އިން، މި ފަތުރުވެރިޔާ އަށް މަރުޙަބާ ކިޔާފައި ވަނީ ދިވެހި ސަޤާފީ ބޮޑުބެރުގެ ހަރަކާތްތަކާއި އެކުގައެވެ.
މިއަހަރު ޒިޔާރަތްކުރި ދެ މިލިޔަން ވަނަ ފަތުރުވެރިޔާއަކީ އޮސްޓްރިޔާގެ އަންހެނެކެވެ. އޭނާ ރާއްޖެ އައިސްފައިވަނީ އޭނާގެ ފިރިމީހާއާއި 2 ކުދިންނާއެކުގައެވެ.
މި ޢާއިލާއަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައިވާއިރު، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުކުރުމަށް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!