ރައީސް މުޢިއްޒުގެ ސަރުކާރުން އަޅާ ފުރަތަމަ ސްކޫލުގެ ބިންގާ އަޅައިފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަޅާ ފުރަތަމަ ސްކޫލްގެ ބިންގާ މިއަދު އަޅައިފިއެވެ. މި ސްކޫލް އަޅަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ އައު ސްކޫލުގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި އޮތީ މިއަދު ހަވީރު އެވެ. މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު އާއި ތަޢުލީމާބެހޭ ވަޒީރު އިސްމާއީލް ޝަފީޢު އާއި އާބަންކޯގެ ވެރިންނާއި އަދި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑަައިގަތެވެ. ތަޢުލީމާބެހޭ ވުޒާރާއިން ބުނި ގޮތުގަ...