މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ފަރާތުން އަރުވާ އެންމެ ޝަރަފުވެރި ލަޤަބު "ބޮޑު ރަސްގެފާނު ލަގަބު" ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ރޭ އަރުވައިފިއެވެ.
މި ލަގަބު ރައީސަށް އެރުވީ ހޮޓެލް ޖެންގައި ރޭ ބޭއްވި "އެމް.އެން.އޭ.ސީ.އައި ބިލްޑަރ އެވޯޑްސް 2023" ޙަފުލާގައި ގައެވެ.
މި ލަގަބަކީ އިމާރާތް ކުރުމުގެ ސިނާއަތަށް އަމަލީގޮތުން ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މަސީގެ ފަރާތުން އަރުވާ ޝަރަފެކެވެ.
ރޭގެ ހަފުލާގައި ރައީސް މުޢިއްޒަށް މި ލަގަބު އެރުވުމުގެ ގޮތުން މަސީން ދޭ ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ އެތަނުގެ ރައީސް، ޕްރިންސިޕަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް، މުޙައްމަދު އަލީ ޖަނާޙެވެ.
މިއީ ކޮންސްޓްރަކްޝަން އިންޑަސްޓްރީޒްގެ މައި ޖަމިއްޔާ، މަސީއިން މި ލަގަބް އެރުވި ފުރަތަމަ ފަހަރެވެ.
"އެމް.އެން.އޭ.ސީ.އައި ބިލްޑަރ އެވޯޑްސް 2023"ގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ހާސިލުކުރެއްވީ އަމީން ގްރޫޕް އޮފް ކޮމްޕެނީސްގެ ޗެއަރމަން، ޢަބްދުﷲ މުޙައްމަދާއި ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓް މޯލްޑިވްސްގެ ޗެއާމަން މުޙައްމަދު އަލީ ޖަނާޙެވެ. މި ބޭފުޅުންނަށް އެވޯޑްތައް ހަވާލުކޮށްދެއްވީ ރައީސް ޑރ. މުޢިއްޒެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!