މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ޑރ.މުހައްމަދު މުޢިއްޒު

359 Stories filed
މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯންގެ ނަމުގައި ކުންފުންޏެއް
Business

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯންގެ ނަމުގައި ކުންފުންޏެއް

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯންގެ ނަމުގައި ކުންފުންޏެއް އުފައްދަވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް މިގޮތައް ނިންމެވީ 31 ޑިސެމްބަރު 2023 ގައި އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހުށަހެޅި ކަރުދާހަކާމެދު ވަޒީރުންގެ ލަފާ ހޯއްދެވުމަށްފަހުގައެވެ. ވަޒީރުންގެ މަޖިލީހުގެ އެންމެފަހުގެ ޖަލްސާއާއިގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމަށް ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަ...

ގޯތި/ފްލެޓް ލިބޭކަމަށް ފައިނަލް ލިސްޓްގައި ނަން އޮތް މީހުންނަށް ވައުދުވިގޮތަށް އެތަންތަން ހަވާލުކުރާނަން: ރައީސް
Raajje

ގޯތި/ފްލެޓް ލިބޭކަމަށް ފައިނަލް ލިސްޓްގައި ނަން އޮތް މީހުންނަށް ވައުދުވިގޮތަށް އެތަންތަން ހަވާލުކުރާނަން: ރައީސް

މިދިޔަ ސަރުކާރުން ހިންގި ބޯހިޔާވަހި ކަމުގެ މަޝްރޫޢުގެ ދަށުން “ބިންވެރިޔާ” ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަ ގޯއްޗަށާއި، “ގެދޮރުވެރިޔާ” ސްކީމުގެ ދެވަނަ ފިޔަވަހިން ފުލެޓް ލިބުނުކަމަށް ފައިނަލް ލިސްޓްގައި ނަން އޮތް މީހުންނަށް އެމަނިކުފާނު ވައުދުވެވަޑައިގަތްގޮތަށް ގޯއްޗާއި ފްލެޓްގެ ޖިސްޓަރީ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިއަދު ”އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގޯތި އަދި ފްލެޓު ލިބޭނެ ކަމަށް ދާއިމީ ލިސްޓުގައިވ...

ކުރީގެ ސިއްހީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނެރެން ސްކީމެއް
Raajje

ކުރީގެ ސިއްހީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނެރެން ސްކީމެއް

ކުރީގެ ސިއްހީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނެރެން ސްކީމެއް ތަޢާރުފުކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ، 31 ޑިސެމްބަރު 2023 ގައި އޮތް ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް ހާމަކުރަން ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބުދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ކުރީގެ ސިއްހީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނެރުމާއިގ...

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިފްތިތާހްކޮށްފި
Raajje

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިފްތިތާހްކޮށްފި

ދިވެހިރާއްޖޭގެ ޒަކާތު ހައުސް މިއަދު އިފްތިތާހްކޮށްފިއެވެ. ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައި ރައީސް މުޢިއްޒު މިތަން އުފެއްދެވީ 18 ޑިސެމްބަރު 2023 ގައެވެ. އިސްލާމީ މަރުކަޒުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައި މިތަން އިފްތިތާހްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. ޒަކާތު ހައުސްއިން ކުރާނެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތ...

ދޮގުތެދު ވަކިކުރާ އަހަރަކަށް އާ އަހަރު ހެދުމަށް ރައީސް އެދިވަޑައިގެންފި
Raajje

ދޮގުތެދު ވަކިކުރާ އަހަރަކަށް އާ އަހަރު ހެދުމަށް ރައީސް އެދިވަޑައިގެންފި

އިވޭ އަޑުތަކާއި، ލިބޭ މަޢުލޫމާތުން ދޮގުތެދު ވަކިކުރާ އަހަރަކަށް އާ އަހަރު ހެދުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ. ދިވެހިރައްޔިތުންނަށް އައު އަހަރުގެ ތަހުނިޔާ ވިދާޅުވެ މިއަދު ފޮނުއްވި ޚިޠާބުގައި ރައީސް ވަނީ ތިން ކަމަކަށް އެދިވަޑައިގަންނަވާފައެވެ. މީގެ ތެރެއިން ފުރަތަމަ ކަމަކީ، އާ އަހަރަކީ ތިމާގެ އަމިއްލަ ނަފުސު ތެދުވެރިކަމުގެ މައްޗަށް ބިނާކުރާ އަހަރަކަށް ހެދުމެވެ. ދެވަނަ ކަމަކަށް އާ އަހަރަކީ ޙަޤީޤަތް ޤަބޫލުކޮށް، އާ އުންމީދުތަކާއި، އާ ކުރިއެރުންތަކާ އެކު ހަލުވިކޮށް ކުރިޔަށްދާ...

ހުޅުމާލެ މުނިސިޕަލް ހިދުމަތް ސިޓީ ކައުންސިލަށް ބަދަލުކޮށްފި
Raajje

ހުޅުމާލެ މުނިސިޕަލް ހިދުމަތް ސިޓީ ކައުންސިލަށް ބަދަލުކޮށްފި

ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތެއް މާދަމާއިން ފެށިގެން މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މާލެ ސިޓީގެ އަވަށެއްގެ ގޮތުގައި އޮންނަ ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތެއް މިހާރު ދެމުން އަންނަނީ އާބަންކޯއިންނެވެ. އެހެންވެ، ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ކައުންސިލްގެ ދަށަށް ބަދަލު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ އެންމެ ބޮޑެތި ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމަށް ފަހު، ރައީސް...

ވިއްސާރައިގައި ގެއްލުން ލިބުނު ގެތަކަށް ރައީސް ޒިޔާރަތް ކުރައްވައިފި
Raajje

ވިއްސާރައިގައި ގެއްލުން ލިބުނު ގެތަކަށް ރައީސް ޒިޔާރަތް ކުރައްވައިފި

މާލެ އަށް ކުރަމުން އަންނަ ވިއްސާރައިގައި ގެއްލުންވި ބައެއް ގެތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޒިޔާރަތް ކުރައްވައިފިއެވެ. ރައީސް މުއިއްޒު ވަނީ ވިއްސާރައިގައި ގެއްލުންވި ގެތަކަށް ޒިޔާރަތް ކުރައްވައި އެ ގެތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހާލު ބައްލަވާލައްވައިފައެވެ. އަދި މާލޭގައި ފެންބޮޑުވެފައިވާ ހިސާބުތައް ވެސް އެމަނިކުފާނު ވަނީ ބައްލަވާލައްވައިފައެވެ. އެމަނިކުފާނުގެ އަރިހުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މޯ...

ރޯދަ މަހުގެ ކުރިން 100 ރަށަށް ވަޑައިގަތުމަކީ އުންމީދެއް: ރައީސް
News

ރޯދަ މަހުގެ ކުރިން 100 ރަށަށް ވަޑައިގަތުމަކީ އުންމީދެއް: ރައީސް

އަންނަ ރޯދަ މަހުގެ ކުރިން 100 އެއްހާ ރަށަށް ވަޑައިގަތުމަކީ އުންމީދެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑުގެ 61 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ގެނެސްދިން “ބާއްޖަވެރި ހެނދުނެއް”ގެ ޚާއްޞަ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޕްރޮގްރާމްގައި ބައެއް ޢާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށް ގިނަ ވަޢުދުތަކެއް ވެފައިވާކަމަށެވެ. އަދި އެ ވަޢުދުތައް ފުއްދަވާނެކ...

''ދެކެން ބޭނުންވަނީ މާޒީން ދިވެހިން ދެކެފައިވާ އެކުވެރިކަމުގެ ދުވަސްތައް''
Raajje

''ދެކެން ބޭނުންވަނީ މާޒީން ދިވެހިން ދެކެފައިވާ އެކުވެރިކަމުގެ ދުވަސްތައް''

ރައީސް ޑރ. މުހައްމަދު މުޢިއްޒު، ދެކިވަޑައިގަންނަވަން ބޭނުންފުޅުވަނީ މާޒީން ދިވެހިން ދެކެފައިވި އެކުވެރިކަމުގެ ދުވަސްތައްކަމަށް އެމަނިކުފާނު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރޭ ވެރިރަށް މާލޭގެ ދަރުބާރުގޭގައި ބޭއްވި ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި، ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައިވާ އެއްބައިވަންތަކަމަކީ، ވަރަށް މުހިންމު ސަބަބެއް އެކަމުގައި ހިމެނިފައިވާ ކަމެކެވެ. އަދި އެއީ، ތަ...

އެއްބައިވަންތަކަމުގެ ދުވަހުން ލިބިގަންނަންވީ އެންމެން އިސްލާމްދީނުގައި ސާބިތުވެތިބުމުގެ ފިލާވަޅު: ރައީސް
Raajje

އެއްބައިވަންތަކަމުގެ ދުވަހުން ލިބިގަންނަންވީ އެންމެން އިސްލާމްދީނުގައި ސާބިތުވެތިބުމުގެ ފިލާވަޅު: ރައީސް

ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުން ލިބިގަންނަންވީ ފިލާވަޅަކީ ކީރިތި ﷲގެ ވާފަށުގައި އެންމެން އެކުވެރިވެގެން ހިފައި، އިސްލާމްދީނުގައި އެންމެން އެކީގައި ސާބިތުވެތިބުމުގެ ފިލާވަޅުކަމަށް ފިލާވަޅު ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރޭ ދަރުބާރުގޭގައި ބޭއްވި ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ޤައުމީ އެއްބައިވަންތަކަމުގެ ދުވަހު އަޅުގަނޑުމެން ލިބިގަންނަންވީ ފ...

އިސްރަށްވެހިންނަށް ޚާއްޞަ އިޖުތިމާޢީ މަރުކަޒުތައް ގާއިމުކުރުމަށް ނިންމައިފި
Raajje

އިސްރަށްވެހިންނަށް ޚާއްޞަ އިޖުތިމާޢީ މަރުކަޒުތައް ގާއިމުކުރުމަށް ނިންމައިފި

އިސްރަށްވެހިންނަށް ޚާއްޞަ އިޖުތިމާޢީ މަރުކަޒުތައް ގާއިމުކުރުމަށް  ރައީސް ޑރ. މުޙައްމަދު މިޢިއްޒު އިއްޔެ ނިންމައިވައިފިއެވެ. ރައީސް މި ނިންމެވުން ނިންމަވާފައި ވަނީ ބުދަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިކަމާއިގުޅޭގޮތުން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ ލަފާ ހޯއްދެވުމަށްފަހުއެވެ. މިގޮތުން އިސްރަށްވެހިންނަށް ޚާއްޞަ އިޖުތިމާޢީ މަރުކަޒުތައް ޤާއިމުކުރުމުގެ މަޝްރޫޢު ފެށުމުގެ ގޮތުން ފުރަތަމަ މިފަދަ މަރުކަޒެއް، މާލެ ސިޓީގައި ކުރިން ޤުރުއާނާއިބ...

ޤައުމީ އެއްބައިވަންތަކަމުގެ ސުކޫތުގައި ރައީސް ބައިވެރިވެވަޑައިގެންފި
Raajje

ޤައުމީ އެއްބައިވަންތަކަމުގެ ސުކޫތުގައި ރައީސް ބައިވެރިވެވަޑައިގެންފި

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ސުނާމީ ކާރިސާގައި ނިޔާވި މީހުންނާއި ގެއްލުނު މީހުންގެ ހަނދާނުގައި މިއަދު ހެނދުނު ގެނައި ސުކޫތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ. ސުނާމީގެ ރާޅު 2004 ވަނަ އަހަރު ރާއްޖެއަށް އެރިކަމަށް ރިކޯޑްކުރެވިފައިވާ ގަޑިކަމުގައިވާ ހެނދުނު 9:23ގައި ގެނައި ހަމަހިމޭންކަމުގެ މި ވަގުތުކޮޅުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ނިކުމެވަޑައިގެންނެވީ ރައީސް އޮފީހުގެ ދެކުނުން، ކުރީ ހުރަވީ ބިލްޑިންގ ހުރި ސަރަހައްދަށެވެ. އެސަރަޙައްދު...

މީޑިއާ ވިލެޖު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމަވައިފި
Raajje

މީޑިއާ ވިލެޖު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމަވައިފި

ދިވެހި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީޑިއާތަކަށް ހާއްސަ މީޑިއާާ ވިލެޖެއް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މި މަސައްކަތް ކަމާ ބެހޭ ފަރާތްތަކާއި ގުޅިގެން ކުރިއަށްގެންދިއުމަށް ރައީސް ނިންމަވާފައި ވަނީ، ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވަޒީރުންގެ މަޖިލީހަށް ހުށަހެޅި ކަރުދާކަށް މަޝްވަރާ ކުރެއްވުމަށްފަހު، ވަޒީރުންގެ ލަފަޔާއެކު މިދިޔަ އާދިއްތަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ. ދިވެހި ނ...

ހުއްޓިފައި ހުރި ގިނަ ސްކޫލް އިމާރާތްތަކުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ: ރައީސް
Raajje

ހުއްޓިފައި ހުރި ގިނަ ސްކޫލް އިމާރާތްތަކުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ: ރައީސް

އިމާރާތް ކުރުމުގެ އެކި މަރުހަލާތަކުގައި ސްކޫލްތަކުގެ ގިނަ އިމާރާތްތަކެއް ކުރިއަށް ނުގޮސް އެބަހުރި ކަމަށާއި، އެފަދަ ގިނަ ތަންތަނުގެ މަސައްކަތް އަންނަ އަހަރު ފެށި ހަލުވިކޮށް މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ އައު ސްކޫލުގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި އިއްޔެ ހަވީރު ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، އާދެ، ތަޢުލީމީ ނިޒާމަށް ބަލާއިރުގައި، މުޅި ރާ...

ހުރިހާ ބިދޭސީން ހަ މަސްތެރޭގައި މެޑިކަލް ހަދަންޖެހޭގޮތަށް ހަދައިފި
Raajje

ހުރިހާ ބިދޭސީން ހަ މަސްތެރޭގައި މެޑިކަލް ހަދަންޖެހޭގޮތަށް ހަދައިފި

ރާއްޖޭގައި މިހާރު ދިރިއުޅޭ ހުރިހާ ބިދޭސީން ކުރިއަށް އޮތް ހަ މަސް ތެރޭގައި މެޑިކަލް ހަދަންޖެހޭގޮތައް ހަދައި، ރާއްޖޭގައި ދިރިއުޅޭ ބިދޭސީން މެޑިކަލް ހެދުމުގެ ނިޒާމް އިޞްލާޙުކޮށް ހަރުދަނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ނިންމަވައިފިއެވެ. ރައީސް މި ނިންމެވުން ނިންމަވާފައި ވަނީ އިއްޔެ އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް، ޞިއްޙަތާބެހޭ ވުޒާރާއިން މިކަމާއިގުޅޭގޮތުން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ ލަފާ ހޯއްދެވުމަށްފަހުއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ރައީސް މި ނިންމެވުމާއި ގުޅިގެން ރާއްޖ...