ބާރަށާއި އުލިގަމާއި ތުރާކުނުގެ އިތުރުން ހޯރަފުށީގެ ދެވަނަ ފިޔަވަހީގެ މަގުތައް ހަދަން ބަޖެޓް ކޮށްފި

ފުރަތަމަ ފިޔަވަހީގެ ދަށުން ހޯރަފުށީގައި ތަރައްގީކޮށްފައިވާ މަގެއް، ފޮޓޯ: ހޯރަފުށި މެޓަ ޕޭޖު
ފުރަތަމަ ފިޔަވަހީގެ ދަށުން ހޯރަފުށީގައި ތަރައްގީކޮށްފައިވާ މަގެއް، ފޮޓޯ: ހޯރަފުށި މެޓަ ޕޭޖު

ހއ. އަތޮޅުގެ ބާރަށް، އުލިގަމު، ތުރާކުނުގެ މަގު ހެދުމުގެ އިތުރުން ހޯރަފުށީގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހި އަންނަ ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮޖެކްޓު (ޕީއެސްއައިޕީ) މަޝްރޫޢު ތަކަށް 8.6 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ހިމަނާފައެވެ.

މި މަޝްރޫޢުތަކުގެ ތެރޭގައި ބޮޑު ތިލަދުންމަތިން ހއ. އަތޮޅުގެ ހަތަރު ރަށެއްގެ މަގު ހެދުމަށް ވަނީ ހިމަނާފައެވެ. މީގެ ތެރެއިން ބާރަށް، އުލިގަމު އަދި ތުރާކުނުގެ މަގު ހެދުން ހިމަނާފައި ވަނީ މުޅިން އަލަށް ފަށާ މަޝްރޫޢު ތަކެއްގެ ގޮތުގައެވެ. ހޯރަފުށީގައި ހިމަނާފައި ވަނީ މަގު ހެދުމުގެ ދެވަނަ ފިޔަވަހި ފަށާށެވެ.

މީގެތެރެއިން ތުރާކުނުގެ މަގު ހަދަން ހިމަނާފައި ވަނީ 996،016 ރުފިޔާ އެވެ. އަދި އެރަށުގެ ބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމެއް ގާއިމުކޮށް ސިޑިބަރިއެއް ހަދަން ވެސް މުޅިން އަލަށް ފަށާ މަޝްރޫޢުއެއްގެ ގޮތުގައި 823،707 ރުފިޔާ ވަނީ ހިމަނާފައެވެ.

އުލިގަމުގެ މަގު ހެދުމަށް 3،984،064 ރުފިޔާ ހިމަނާފައިވާއިރު، އެރަށުގައި ވެސް އިތުރު އައު މަޝްރޫޢެއްގެ ގޮތުގައި ރަށުގެ ސިއްހީ މަރުކަޒުގެ އައު އިމާރާތް އަޅަން 7،281،132 ރުފިޔާ ވަނީ ހިމަނާފައެވެ.

ހޯރަފުށީގެ މަގު ހެދުމުގެ ފޭސް2 އަށް ބަޖެޓުގައި ހިމަނާފައި ވަނީ 796،813 ރުފިޔާ ހިމަނާފައެވެ. އަދި ހިނގަމުންދާ ފުރަތަމަ ފިޔަވައްސަށް 3،748،458 ރުފިޔާ ވަނީ ހިމަނާފައެވެ. އެރަށުގެ ބިން ހިއްކުމާއި، 4،600،00 ރުފިޔާ އެރަށުގެ  ބިން ހިއްކުމާއި ހައުސިން ޔުނިޓްތައް ގާއިމު ކުރުމަށް ހިމަނާފައި އިރު، އެއީ ވެސް މުޅިން އަލަށް ފަށާ މަޝްރޫޢު އެކެވެ.

ބާރަށުގެ މަގު ހަދަން ހިމަނާފައި އޮތީ 4،688،236 ރުފިޔާއެވެ. އަދި އެރަށުގައި އައު މަޝްރޫއެއްގެ ގޮތުގައި 650،000 ރުފިޔާ ޚަރަދުވާ މިސްކިތެއް ބިނާކުރުން ހިމަނާފަވެއެވެ.

ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި