Skip to main content
Topic Archive

#ފުރާނައިން ލޯބިވަމޭ

37 Stories filed
ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (ފަހުބައި)
Column

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (ފަހުބައި)

ކުރީގެ އަދަދާއި ގުޅޭ: ވީ ދެރައިންނާއި އައި ރުޅިން ސާމިހް ފޯނު ކަނޑާލިއެވެ ރޮއިރޮއި އިން ސާޔާއަށް ދެ ލޯ ހުޅުވާލެވުނީ އާދިލް އައިސް އޭނާގެ ދެ ކޮނޑުގައި ހިފަހައްޓާލުމުންނެވެ. ވަރުބަލިވެ، ދުޅަވެފައިވާ ލޮލަކުން ސާޔާ އާދިލްއަށް ބަލައިލިއެވެ. ދާދިގާތުން އޭނާއަށް އާދިލްގެ މޫނު ފެނުމާއެކު ކެތްތެރިކަން ކޮޅުންލީ ކަހަލައެވެ. ހިތްވަރާއި ހިމާޔަތް ބޭނުންވެފައި ހުރިލެއް ބޮޑުކަމުން ސާޔާއަށް ބޭ އިހްތިޔާރުގައި އާދިލްގެ މޭގައި މޫނު ޖައްސާލެވުނެވެ. ” ނުރޮއި… ހިތްވަރުކުރޭ. ” އޭނާ ބުނެލީ ސާޔާގެ […]

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (38)
Column

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (38)

ކުރީގެ އަދަދާއިގުޅޭ: ދެ މީހުން އެކުގައި ގޮސް ކޮޓަރިއަށް ވަތް އިރު ހަސަން އޮތީ އޮށޯވެލައިގެންނެވެ. ބިއްދޮށަށް އެނބުރި އޮތުމުން އޭނާ ވަރަށް ބޮޑަށް ދެރަވެއްޖެކަން މަރިޔަމްއަށް އެނގުނެވެ. ” ހަސަން. ސާޔާ މި ހުރީ ވާހަކަ ދައްކާލަން އައިސް.” މަރިޔަމް ބުންޏެވެ. އެނދު ކައިރީގައި ހުރި ގޮނޑީގައި އިށީނދެ މަރިޔަމް ސާޔާއަށް ނިތް އެއްލީ ބައްޕައާ ވާހަކަ ދެއްކުމަށް އިޝާާރާތް ކުރަމުންނެވެ. ” ބައްޕަ މާ ދެރަވީތަ؟ ” ސާޔާ ގޮސް އެނދުގެ މަގަތުގައި އިށީންނަމުން […]

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (37)
Column

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (37)

ކުރީގެ އަދަދާއި ގުޅޭ: ” އަހަރެން ބިރު ގަންނަނީ މަންމަމެންގެ އެ ނަފްރަތަށް މި ދަރިފުޅަށް ކަމެއް ވެދާނެތީ. ސާމި ހިނގާ އަހަރެމެން ދާން. އަހަރެން ވަރަށް ކަންބޮޑުވެޔޭ.” ރައުދާ ސާމިހްގެ އަތުގައި ހިފަމުން ބުންޏެވެ. ” އިންޝާﷲ ނުވާނެ. އެކަމަކު ރައު ތިހާ ހާސްވަންޏާ އަހަރެން ވެސް ދާނީ ދެން. ” ސާމިހް ބުންޏެވެ. އެއާއެކު ރައުދާ ހިނިތުންވެލިއެވެ. ” އާނ ދެން އަސްލު ވަރަށް  އުނދަގޫ މިހެން އުޅެން. ސްޓްރެސްވީމަ ކަމަކު ނުދާނެ އެއްނު. […]

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (36)
Column

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (36)

ކުރީގެ އަދަދާއި ގުޅޭ: ” ކިހިނެއް ވީ؟ ހާދަ ބަސްމަދު ދުވަހެއް؟” މަރިޔަމް އެހިއެވެ. އެއާއެކު ހަސަން ހިނިތުންވެލަމުން ތަށި ސާފުކޮށްލިއެވެ. ” ކަމެއްނުވެ.” ހަސަން ދިނީ ކުރު ޖަވާބެކެވެ. ” ނުބުންޏަސް އަހަންނަށް އެނގޭ ހަސަން ފިކުރު ކުރާކަން. އަދި ފިކުރު ކުރަނީ ކޮން ކަމަކާކަން ވެސް އެނގޭ.” މަރިޔަމް ބުންޏެވެ. ހަސަން މަޑުމަޑުން ބޯ ޖަހާލިއެވެ. ” އެ ކަހަލަ ވާހަކަ ދައްކާ ހިތެއް ނުވެ. އެކަމަކު ނުދައްކާ ވެސް ހިތަކަށް ކުޅަދާނައެއް ނުވެ.” […]

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (35)
Column

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (35)

ކުރީގެ އަދަދާއި ގުޅޭ: ” އަހަރެމެން ދިޔައީމަ މަންމަ މާ އުފާވާނެ. ދެން ވަދޭ ގެއަށް. ދޮންބެ މި ދަނީ ގެއަށް ދާން. ރައު އިންނާނެ ނުކެވިފައި.” ސާމިހް އެހެން ބުނެ ސައިކަލް ސްޓާޓް ކޮށްލިއެވެ. އަތުގައި އޮތް ޓިކެޓަށް ބަލައިލަމުން ސާޔާ ގެއަށް ވަންނަން ހިނގައިގަތީ ނުތަނަވަސް ހިތަކައިގެންނެވެ. ” އެ ރަށަށް ދިޔަޔަސް އެއްވެސް ކަމަކު އެއްވެސް ހަރަދެއް އަހަންނަކަށް ނުކުރެވޭނެ. ތަނަކަށް ކާން ދިޔަސް، ޕިކްނިކް ދިޔަސް، ގެއަށް އެއްޗެއް ގަތަސް. ސާޔާ […]

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (34)
Column

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (34)

ކުރީގެ އަދަދާއި ގުޅޭ: ” އޭރާ މިހާރު ތަފާތު ވެއްޖެ ދޯ.” ސާޔާއަށް ބޭއިހްތިޔާރުގައި ބުނެވުނެވެ. ” އަދި މޫނުމަތީ އެހެން ވިހެލިޔަކަސް އެއީ ލޯބި ނުވަނީކީ ނޫން ދޯ؟” ފަސޭހަ ކަމާއެކު ރާމިޒް ބުންޏެވެ. އެ ވަގުތު ސާޔާއަށް ހިންދިރުވާލެވުނެވެ. އަނިޔާކުރުމަކީ ރާމިޒްއަށް ވަރަށް ފަސޭހަ ކަމެއްކަން ސާޔާއަށް އެނގުނެވެ. އަދި އެކަމާ ފަހުން އޭނާ ދެރަ ނުވާކަން ވެސް ސާޔާއަށް އެނގުނެވެ. ސާޔާގެ ހިތުގައި ރާމިޒްއަށްޓަކައި އިތުރު ފޫހިކަމެއް އުފެދިއްޖެއެވެ. އަޖައިބުވެފައި ހުރެ އޭނާއަށް […]

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (33)
Column

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (33)

ކުރީގެ އަދަދާއި ގުޅޭ: “މާ ވާހަކަ ގިނަ ވެއްޖެ. ފިރިމީހާ ކުރިމަތީގައި ތިހާ އަނގަގަދަ ކުރަންޏާ ވާނީ ތި ހެން.” ރާމިޒް އެހެން ބުނެ ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ވީ ތަދުން އޭރު ވެސް ސާޔާ ހުރީ މޫނުގައި އަތް އެޅި ގޮތަށް ހުއްޓުން އަރާފައެވެ. ކައިވެންޏާމެދު ކުރި އުއްމީދުތަކާމެދު ފުރަތަމަ ފަހަރަށް އޭނާ މާޔޫސްވެއްޖެއެވެ. ކުޑަކަމެއްގައި ރާމިޒް އަތް އިސްކުރުމުން ސާޔާ އިންތިހާއަށް ދެރަވެއްޖެއެވެ. އަދި ހިތުގައި ބިރުވެރިކަމެއް ވެސް އުފެދުނެވެ. ކުރިއަށް އޮތް ދުވަސްތައް […]

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ. (32)
Column

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ. (32)

ކުރީގެ އަދަދާއި ގުޅޭ: “ހިނގާ. ހިނގާ އެ ކޮޅަށް ކޮފީއަކަށް. ” ސާމިހް އަވަސް އަވަހަށް ބުނެލިއެވެ. އަފްޒާ ވެސް އެ ކަމަކަށް އެއްބަސްވެ، ސާމިހްގެ ފަހަތުން ހިނގައިގަތެވެ. ވެއިޓަރ އައިސް މޭޒުމަތީގައި ދެ ކޮފީތަށި ބެހެއްޓުމާއެކު އަފްޒާ ހީލިއެވެ. ” ހޫމް. ކޮން ވާހަކައެއް ދައްކަންތަ؟” ސާމިހް ހުރީ އަޑު އަހާހިތުން ކެތްމަދުވެފައެވެ. ” ސާމިހްއަށް އަޑުއަހަން އެހާ ފަސޭހައެއް ނުވާނެ. އެކަމަކު… އަހަރެން ދޮގެއް ނަހަދާނަން. އަހަރެން މި އުޅެނީ ތި ދެ މީހުން […]

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (31)
Column

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (31)

ކުރީގެ އަދަދާއި ގުޅޭ: ހިނިތުންވެލަމުން މަރިޔަމް ނިކުންނަން ހިނގައިގަތުމުން ފަހަތުން ހަސަން ވެސް ނިކުތެވެ. އެއާއެކު އަވަސް އަވަހަށް ގޮސް ރައުދާ ކޮޓަރީގެ ދޮރު ލެއްޕިއެވެ. ” ޕްލޭން ސަކްސަސްފުލް. ވަރަށް ކާމިޔާބު.” ފޯނު ކަންފަތުގައި ޖަހައިގެން ހުރެ ރައުދާ ބުނެލިއެވެ. ” އަޅެ ރައު. އަހަރެން ހަމަ ނޯ ނޯ ކިޔަކިޔަ ހުއްޓާ ވެސް ތިހެން ތި ހެދީ؟” އަފްޒާ ބުނެލީ ނުރުހުމުގެ ރާގުގައެވެ. ” އާނ. ސާމިހް މިތާ ހުއްޓާ މަށަށް އެ މީހުން […]

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (30)
Column

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (30)

ކުރީގެ އަދަދާއި ގުޅޭ: ” އެއް މަސް ދުވަހަށް ޖެހިއްޖެ ލަންކާއަށް ދާން. އޮފީސް ދަތުރަކު. ” ސާމިހް ބުންޏެވެ. އެއާއެކު މަރިޔަމްއަށް ހަސަންގެ މޫނަށް ބަލައިލެވުނީ ކަންބޮޑުވުމާއެކުއެވެ. ” ނުދާން ވަރަށް މަސައްކަތް ކުރިން. އެކަމަކު… އެކަމަކު ބޮސް ބޭނުން ވީ އަހަރެން ފޮނުވަން. ” ސާމިހް ބުންޏެވެ. ” ރަނގަޅުވާނެ. ވަޒީފާއަށް އިސްކަން ދޭން ޖެހޭނެ. ހާނިމްއަށް ގުޅައިގެން މަންމަ ޑޮކްޓަރަށް ދައްކަން ދާ ގޮތަށް ބައްޕަ ހަމަޖައްސާނަން. ދަރިފުޅު އެކަމާ އެހާ ކަންބޮޑު […]

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (29)
Column

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (29)

ކުރީގެ އަދަދާއި ގުޅޭ: ” ފެން ވަރަށް އަގު ބޮޑުކޮއްފި. އަހަރެމެން ވެސް ބައެއް ފަހަރު އިސްކޫރުން ފެން ބޮމޭ މަންމާ. ގިނަ މީހުން އުޅޭ އިރު ހަރަދަށް ވެސް ބަލަން ވާނެ އެއްނު. އެހެން ނޫނަސް މާލޭގައި މިހާރު ވެސް އިސްކޫރު ފެން ބޯ މީހުން މަދެއް ނުވާނެ.” ރައުދާ ބުނެލި ޖުމްލަ އަދިވެސް މަރިޔަމްގެ ކަންފަތުގައި ހަރުލާފައި ހުރި ކަހަލައެވެ. ” ރައުދާ އެހެން ބުނި ވާހަކަ އަަހަރެމެން ސާމިހް ކައިރީ ބުނާނެ ކަމެއް […]

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (28)
Column

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (28)

ކުރީގެ އަދަދާއި ގުޅޭ: ” އެއީ… ރައުދާ. ރައުދާޢަކީ ޝަބްނަމްގެ ދަރިއެއް.” ސީލިންގަށް ބަލައިލަމުން ހަސަން ބުންޏެވެ. އެ ވަގުތު މަރިޔަމްއަށް ލިބުނީ ބޮޑު ހައިރާންކަމެކެވެ. ސުވާލު އުފެދިފައި އޭނާއަށް އިނދެވުނީއެވެ. ” އަހަންނަށް ހަމަ ޔަގީންވެއްޖެ.” ހަސަން އަނެއްކާ ވެސް ބުންޏެވެ. ” އެއީ ކިހިނެއް؟ ” މަރިޔަމް އެހިއެވެ. ” ސާޔާއަށް ރައުދާ ދިން ހެދުމަކީ ޝަބްނަމް އަމިއްލައަށް ފެހި ހެދުމެއް. އެއީ އަހަރެން ލައްވާ ކައިވެންޏަށް އެއްބަސް ކުރުވާފައި އޭނަ ކުރި މަސައްކަތް. […]

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (27)
Column

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (27)

ކުރީގެ އަދަދާއި ގުޅޭ: ” ހުރިހާ ކުދިން އެއްވި ވަގުތު ބައްޕަ ބޭނުން ވާހަކައެއް ދައްކާލަން.” ހަސަން ބުންޏެވެ. ހަސަންގެ އަޑުން ރައުދާ ދިޔައީ ސިހިގެންނެވެ. އޭނާއަށް ބޭ އިހްތިޔާރުގައި ދެ ފަރާތަށް ބޯ ހޫރާލެވުނެވެ. ރައުދާގެ ހިތުގައި ސާމިހްގެ މައިންބަފައިންނަށް އޮތް ނަފްރަތު ހަސަންއަށް މިހާރު އެނގޭކަން ރައުދާއަށް ޔަގީނެވެ. އިންތިހާއަށް ބިރުން ހުރެ އޭނާ އިސްޖަހާލީ އެތެރެއަށް ނޭވާ ހިފަހައްޓައިގެން ހުރެއެވެ. ” ކިހިނެއްވީ ބައްޕާ؟ ” ސާޔާއަކަށް މަޑަކުން ނުހުރެވުނެވެ. ” މިހާރު […]

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (26)
Column

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (26)

ކުރީގެ އަދަދާއި ގުޅޭ: ފަހަތުގައި ހުރި ހަސަން ފެނި، ރައުދާއަށް ފަހަތަށް ޖެހިލެވުނީ ދެ ލޯ ބޮޑުކޮށްލަމުންނެވެ. އެތެރޭގައި ނޭވާ ހިފަހައްޓާލައިގެން އޭނާއަށް ހުރެވުނީ ކިހާ އިރެއްގައި ކަމެއް ވެސް ހުދު އޭނާއަކަށް ނޭނގުނެވެ. ހަސަން ވެސް ހުރީ މާޔޫސީ ލޮލަކުން ރައުދާއަށް ބަލަހައްޓައިގެންނެވެ. ” ބައްޕާ؟” ރައުދާއަށް ބުނެވުނެވެ. އެ ވަގުތު ހަސަން ލުއި ގޮތަކަށް ހިނިތުން ވެލުމަަށްފަހު ދެ އަތް ފުރަގަހަށް ލިއެވެ. އެހެންވެ، ރައުދާ ދެއްކި ވާހަކަތައް ހަމަ ރަނގަޅަށް ވެސް ހަސަންއަށް […]

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (25)
Column

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (25)

ކުރީގެ އަދަދާއި ގުޅޭ: ” ރައު ކީއްވެތަ އަބަދު އަހަންނާ ދެބަސް ވަނީ؟ ރައު ބޭކާރެއް ނުކުރަމެއްނު. ދެން އާދެބަލަ ތި މޫޑު ބަދަލުކޮއްގެން ބޭރަށް. މާ ލަސްނުވައްޗޭ.” ސާމިހް ބުންޏެވެ. ސާމިހް އެހެން ބުނެ، ނިކުތް އިރު ވެސް ރައުދާ ހުރީ ލޯގަނޑު ކުރިމަތީގައެވެ. މަރިޔަމްއާއި ހަސަން ތިބީ ހެވިފައެވެ. ދޮށީ ދަރިފުޅު ސާމިހް އުޅެމުންދާ ތަނަވަސް ދިރިއުޅުން ފެނި  އެ މީހުން ތިބީ ނުހަނު އުފާވެސް ވެފައެވެ. ސާމިހް އައިސް ވަކިން ހުރި ސޯފާ […]