ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (24)
ކުރީގެ އަދަދާއި ގުޅޭ: ” އޭ ރައު. ދެން މަށަށް ވެސް ޝައްކު ކުރަނީތަ؟ ސާބަސް.” އަފްޒާ ބުންޏެވެ. ” މި ވަރުން ދަންޏާ އަދި މަގޭ މޮޔަވާނެ ކަންނޭނގެ.” އެނދުމަތީ އިށީންނަމުން ރައުދާ ބުންޏެވެ. ” ދެން ތި ވާހަކަ ބާއްވާ. ސާމިހްގެ މަންމަމެން ކޮން ދުވަހަކުންތަ އަންނަނީ؟” އަފްޒާ އެހިއެވެ. އެއާއެކު އަނެއްކާ ވެސް ރައުދާގެ މޫޑު ހަރާބު ވެއްޖެއެވެ. އެނދު ހުރަހަށް ވެއްޓިގަންނަމުން ރައުދާ މޫނުމައްޗަށް ވައްތަރެއް ޖައްސާލިއެވެ. ” މާދަމާ ކަންނޭނގެ. […]