އަންނަ އަހަރަށް 56 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި
ސަރުކާރުން 2025 ވަނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ. މިއީ މި އަހަރުގެ ބަޖެޓަށް ވުރެ 1.6 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މަޖިލީހަށް ބަޖެޓް ހުށަހަޅުއްވައި ދެއްވީ، މިއަދު މެންދުރުފަހު 1:00 ގައި ފެށި ޖަލްސާގައި މާލީ ވަޒީރު މޫސާ ޒަމީރެވެ. މި ބަޖެޓްގައި އަންނަ އަހަރުގެ އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، މީގެ ތެރެއިން 2.6 ބިލިއަން ރުފިޔާއަކީ ހިލޭ […]