ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓު ދިރާސާކުރަން އެކުލަވާލި ބަޖެޓު ކޮމިޓީން އެ ބަޖެޓް މިއަދު ފާސްކޮށްފިއެވެ.

ސަޕްލިމެންޓަރީ ބަޖެޓު ދިރާސާކުރަން މިއަދު 14:30 ގައި ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބަޖެޓު ފާސްކުރަން ހުށަހެޅުއްވީ މާމިގިނލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމެވެ. ޤާސިމް ހުށަހެޅުއްވީ ސަރުކާރުން ހުށަހަޅާފައި އޮތް ގޮތަށް 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރުމަށެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ އެވެ.

Ad
rt

ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރަން ކޮމިޓީގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެން އެމްޑީޕީގެ މެމްބަރު ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ފިޔަވާ އެހެން ހުރިހާ މެންބަރުން ވަނީ ބަޖެޓު ފާސްކުރަން ވޯޓުދެއްވައިފައެވެ.

ޖުމުލަ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 24 އޮކްޓޯބަރު 2024 ގައެވެ.

މި ބަޖެޓްގެ މުހިންމު ބައިތަކަށް ބަލާއިރު ޕީއެސްއައިޕީ ޕްރޮޖެކްޓްތަށް ކަނޑައަޅާ ދެ ބިލިއަން ރުފިޔާގެ އިތުރުން ސަބްސިޑީ (ތެޔޮ، ކާޑު، ކަރަންޓާއި ނަރުދަމާ އާއި ފެނުގެ ހިދުމަތް) އަށް އެއް ބިލިއަން ރުފިޔާ، ސްޓޫޑެންޑް ލޯނަށް 458 މިލިއަން ރުފިޔާ، ކޮންޓިންޖެންސީ ބަޖެޓުގެ ގޮތުގައި 650 މިލިއަން ރުފިޔާ، ސަރުކާރު ހިއްސާވާ ކުންފުނިތައް: 441 މިލިއަން ރުފިޔާ، އެންސްޕާ އަށް 263 މިލިއަން ރުފިޔާ، މެޑިކަލް ކޮންޒިއުމަބަލްސް އަށް 200 މިލިއަން ރުފިޔާ އަދި މުސާރަ އަށް 24 މިލިއަން ރުފިޔާ ހިމަނާފަވެއެވެ.