މިނިސްޓްރީ އޮފް ފިނޭންސްގެ ފުރަތަމަ ފަންގިފިލާ އެ މިނިސްޓްރީގެކުރީގެ ޗީފް ޕްރޮކިއުމަންޓް އެގްޒެކެޓިވް އަލްމަރްޙޫމް އަޙްމަދު މުޖުތަބާގެ ހަނދާނަށް ޙާއްޞަ ކޮށްފިއެވެ.

މުޖުތަބާ ކުއްލި ގޮތަކަށް ނިޔާވީ 29 ޖުލައި 2022 ގައެވެ. އޭނާ ނިޔާވީ އޭނާގެ އުފަން ރަށް ގއ. ދެއްވަދޫގައި ޗުއްޓީ ހޭދަކުރެއްވުމަށް ހުންނަވަނިކޮށް ކުއްލި ގޮތަކަށް ބަލިވެ، ހާލު ދެރަވުމާގުޅިގެން ފަރުވާއަށް މާލެގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށެވެ.

Ad
rt

ފިނޭންސް މިނިސްޓްރީން މިއަދު ވިދާޅުވީ، އަލްމަރުޙޫމް އަޙްމަދު މުޖުތަބާ އެ މިނިސްޓްރީއަށް ކޮށްދެއްވި ލާމަސީލު ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެ ނިސްޓްރީގެ ފުރަތަމަ ފަންގިފިލާ ވަނީ އަލްމަރުޙޫމް އަޙްމަދު މުޖުތަބާގެ ހަނދާނުގައި ހާއްސަ ކުރެވިފައި ކަމަށެވެ.

މިގޮތުން އެ ފަންގިފިލާ އަށް މަރްޙޫމް މުޖަތަބާގެ ނަމުން ނަން ދީފައިވާއިރު، މި ފަންގިފިލާ ހުޅުވައިދެއްވީ އަލްމަރްޙޫމް އަޙްމަދު މުޖުތަބާގެ ކޮއްކޮ މުރުތަޟާ މަޖުދީ އެވެ.

2008 ވަނަ އަހަރު ފިނޭންސް މިނިސްޓްރީއާ ގުޅިވަޑައިގަތް މުޖުތަބާ ވަނީ ނިޔާވުމާއި ހަމައަށް ފާއިތުވި 14 އަހަރު ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމް ހަރުދަނާ ކުރެއްވުމުގައި ވަރަށް އިސް ދައުރެއް އަދާ ކުރައްވާފައެވެ.

މުޖުތަބާ އަކީ މެލޭޝިއާގެ މަލްޓިމީޑިއާ ޔުނިވަސިޓީން އެކައުންޓިންގެ ދާއިރާ އިން ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

ފިނޭންސްގައި ޚިދުމަތް ކުރެއްވުމުގެ އިތުރުން އޭނާ ވަނީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން (އެމްޓީޑީސީ) ގެ ޑިރެކްޓަރެއްގެ މަގާމާއި، ޓެންޑާ ބޯޑުގެ އިސްވެރިޔާގެ ގޮތުގައި ވެސް މަސައްކަތްކުރައްވާފައެވެ.