ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މެމްބަރުކަން ފަލަސްތީނަށް
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މެމްބަރުކަން ފަލަސްތީނަށް ދިނުމަށް ފާސްކޮށްފިއެވެ. ފަލަސްތީނަށް ޑަބްލިއުއެޗްއޯގެ މެމްބަރުކަން ދިނުމަށް ފާސްކޮށްފައި ވަނީ އިއްޔެ ބޭއްވި އެ ޖަމިއްޔާގެ އަހަރީ އާންމު ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި 177 މެމްބަރުން ގައުމަކުން ބައިވެރިވިއިރު، އޭގެތެރެއިން 101 ގައުމަކުން ވަނީ ފަލަސްތީނަށް ޑަބްލިއުއެޗްއޯގެ މެމްބަރުކަން ދިނުމަށް ތާއީދު ކޮށްފައެވެ. އޭގެތެރޭގައި ރާއްޖެ ވެސް ހިމެނެއެވެ. ޑަބްލިއުއެޗްއޯގައި ފަލަސްތީނަށް އޮބްޒާވަރުގެ ދަރަޖަ ކުރިން ވެސް ދީފައިވާއިރު، އެ ޖަމި...