އިސްރާއީލުގެ ސިފައިން ވޭތުވެދިޔަ 3 މަސް ދުވަހުގެ ތެރޭގައި ޣައްޒާ ސަރަހައްދަށް އަޅައިފައިވާ ބޮންތަކުގެ ބަރުދަން 85،000 ޓަނަށްވުރެ އިތުރުވެއްޖެ ކަމަށް އދ. ގެ ރިޕޯޓެއްގައި ބުނެފިއެވެ. މިއީ 2 ވަނަ ބޮޑު ހަނގުރާމައިގައި ބޭނުންކުރި ގޮވާ ތަކެތީގެ މިންވަރަށްވުރެ ގިނަ އަދަދެކެވެ.

އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއާ ގުޅިގެން އިސްރާއީލުން ފެށި ހަނގުރާމައިގައި، ޣައްޒާގެ އާބާދީ ދިރިއުޅޭ ސަރަހައްދުތަކަށް ވައިގެ މަގުންނާއި ކަނޑުމަގުން ހަމަލާދީފައިވެއެވެ. މި ހަމަލާތަކުގައި ސިވިލިއަނުންނާއި އާންމު ރައްޔިތުންގެ ގިނަ އަދަދެއްގެ މީހުން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ސިއްހަތާބެހޭ މިނިސްޓްރީން ބުނެފައިވެއެވެ.

Ad
rt

އިސްރާއީލްގެ މިއަނިޔާވެރި ގަތުލުއާންމުގައި މިހާތަނަށް 397 ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު، މި އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން 43,469 މީހުން ޝަހީދުވެ، 102,561 މީހުން ޒަޚަމްވެފައިވާ ކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ. އަދި މީގެ އިތުރުން 11,000 އަށްވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް ބެލެވެއެވެ. މި ހިތާމަވެރި ހާދިސާގެ ސަބަބުން ޣައްޒާގެ އާބާދީގެ ބޮޑު ބަޔަކަށް ނޭދެވޭ އަސަރުކޮށް، އިންސާނީ ޙައްޤުތަކަށް ބޮޑެތި އުނިކަން ލިބެމުންދާކަން ފާހަގަކުރެވެއެވެ.

އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ކޮމިޝަނަރު ވޮލްކަރ ޓުރްކް ވިދްކް ވިދާޅުވީ، "މިހާ ގިނަ އަދަދަކަށް ބޮންތައް އެޅުމުގެ ސަބަބުން ޣައްޒާގެ ގިނަ ސަރަހައްދުތަކެއް ވަނީ ފުރިހަމައަށް ހަލާކުވެފައެވެ. މިއީ އިންސާނިއްޔަތާ ދެކޮޅަށް ހިންގޭ ބޮޑު ކުށެއްކަމަށް އޭނާ ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ މުޖުތަމައުއިން އިސްރާއީލުގެ މި ޢަމަލުތައް ކުށްވެރިކޮށް، ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައިވެއެވެ. އެހެންނަމަވެސް އިސްރާއީލުން ބުނަނީ މި ހަމަލާތަކަކީ ހަމާސް ނައްތާލުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.