ވެކްސިން ދިނުން މަޖުބޫރުކުރާ ބިލް 66 މެމްބަރުންގެ ވޯޓާއިއެކު ފާސްކޮށްފި
ކުޑަކުދިން ބަލިތަކުން ސަލާމަތް ކުރުމުގެ ބޭނުމުގައި ވެކްސިން ދިނުން މަޖުބޫރުކޮށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ އާ ބިލް މަޖިލިހުންގެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެމްބަރުންގެ އިއްތިފާގުން ފާސް ކޮށްފިއެވެ. ސަރުކާރުގެ ފަރާތުން އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމް ހުށަހެޅުއްވި ބިލްގެ މަގްސަދުގެ ގޮތުގައި ވަނީ ކުޑަކުދިންނަށް އަޅާނުލައި، އިހުމާލުވާ އަދި އިހާނެތިކޮށް ހިތާ މީހުންނާއި އެ ކުދިންގެ ކިބައިން ނާޖައިޒު ފައިދާ ހޯދާ މީހުންނަށް ފިޔަވަޅު އެޅުމެވެ. އަދި އެ...