•  
  •  
  •  
  •  
  •  
  •  

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އާންމުކުރި ރިޕޯޓާ ގުޅިގެން އިސްލާމްދީނަށް ފުރައްސާރަކުރުމާއި ދެކޮޅަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް އިއްޔެ ވަނީ ކުއްލި މައްސަލައެއް ހުށައަޅުއްވާފައެވެ. މިމައްސަލައާއި ގުޅިގެން ބަހުސް ކުރެއްވުމަށް ބޭނުންވާ ހުރިހާ މެންބަރުންނަށް ފުރުސަތު ދީ ނިމެންދެން ބަހުސް ކުރިއަށް ގެންދަން 46 މެންބަރުންގެ އިއްތިފާގުން އިއްޔެގެ ޖަލްސާގައި ފާސްކޮށް، ޖަލްސާވަނީ ކުރިއަށް ގެންގޮސްފައެވެ.

ރިޕޯޓާގުޅޭ ހޫނުގަދަ ބަހުސްތަކެއް

އެމްޑީއެންއިން އާންމުކުރި ރިޕޯޓާ ގުޅިގެން ހުށައެޅުނު ކުއްލި މައްސަލައަށް ބަހުސްކުރުމަށް ފުރުސަތަށް އެދިވަޑައިގެންނެވި ހުރިހާ މެންބަރުންގެ ވާހަކަ ނިމެންދެން މަޖިލީހުގެ އިއްޔެގެ ޖަލްސާ ކުރިއަށް ގެންދިޔަ އެވެ. މައްސަލައަށް ބަހުސް ކުރެއްވި ގިނަ މެންބަރުން ވަނީ އެމްޑީއެންގެ ރިޕޯޓު ކުށްވެރިކޮށް، އެ ޖަމިއްޔާއަށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ވިދާޅުވެ ވާހަހަކަ ދައްކަވާފައެވެ. މިމައުލޫއަށް އިއްޔެވަނީ ހޫނު ބަހުސްތަކެއް ހިނގާފައެވެ.

ބަހުސްގެތެރެއިން ރައީސް ނަޝީދާއި، ރައީސް ޔާމީނުގެ އޯޑިއޯގެ މައްސަލަ

އެމްޑީއެން ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާއަށް ފިޔަވަޅު އަޅާނަމަ، ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދައްކަވާފައިވާ ދީނާ ހިލާފު ވާހަކަތައް ވެސް ބަލަން ޖެހޭނެ ކަމަށް ޖަލްސާގައި ބަހުސްކުރެއް އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވަނީ ވިދާޅުވެފަ އެވެ. އެގޮތުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ރައީސް ޔާމީނު ދީނާ ޚިލާފަށް ދައްކަވާފައިވާ ވާހަކަ ފުޅެއް ކަމަށްބުނެ އޯޑިއޯ އެއް މަޖިލީހުގައި އިއްވައިފަ އެވެ.

އެ އޯޑިއޯ ރެކޯޑިން ޖެހުމާއެކު ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވަނީ، ގަވާއިދާ ހިލާފުވަނީ ކޮން ކަމެއް ކަމެއް މެމްބަރު ސީދާ ވިދާޅެއް ނުވެ ނިޒާމީ ނުކުތާއެއް ނަންގަވައި، އެއީ ކަނޑައެޅިގެން މަޖިލީހުގެ ގަވާއިދާ ހިލާފުކަމެއް ކަމަށް ވިދާޅުވެފަ އެވެ. ރައީސް ނަޝީދު ތަކުރާރުކޮށް ގަވާއިދާ ހިލާފުވަނީ ކޮން ކަމެއްތޯ ސާފުކޮށްދެއްވަން އެދިވަޑައިގަތުމުން ވެސް މެމްބަރު ވިދާޅުވީ ގަވާއިދާ ހިލާފު ކަމެއް މަޖިލީހުގައި ހިނގާ ކަމަށެވެ.

އާޒިމްގެ ރެކޯޑިން އާގުޅިގެން މަހިބަދޫ ދާއިރާގެ ޕީޕީއެމް މެންބަރު އަހްމަދު ތޯރިގް ވަނީ ރައީސް ނަޝީދު 2013 ވަނަ އަހަރު ޑެންމާކްގެ ކޯޕަންހޭގަންގައި ދެއްކެވި ވާހަކައިގެ ރެކޯޑިން މަޖިލީހުގައި އިއްވައިފަ އެވެ. މެންބަރު ތޯރިޤް އިއްވެވި ރެކޯޑިންގއަކީ، ރައީސް، ރައީސް މުހައްމަދު ނަޝީދު ޑެންމާކުގައި އިސްލާމުދީނާއި ގުޅުވައިގެން ދައްކާފައިވާ ވާހަކަތަކެކެވެ.

ޔާމީނުގެ ވާހަކައިގެ ރެކޯރޑިންގ ތަކުރާރުކޮށް އިއްވުން

އާޒިމް އިއްވި ރެކޯޑިން ރިޔާސަތުގައި އިންނެވި ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ސާފުވެ ވަޑައި ނުގަންވާ ކަމަކަށް ވިދާޅުވިއެވެ. މަޖިލީހުގެ ޔައުމިއްޔާއަށްޓަކައި ރެކޯޑިން އަލުން ޖަހައިދެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގަތެވެ.

މިހާލަތުގައި މަޖިލިސްގަވާއިދު ބުނަނީ ކީކޭ؟

އަލަށް އަމަލުކުރަން ފެށި މަޖިލީހުގެ ގަވާއިދު ބުނާގޮތުން ދައްކަމުންދާ ވާހަކައަކާ ގުޅިގެން އިތުރު މައުލޫމާތު ދިނުމަށް އިތުރުވަސީލަތެއްގެ ބޭނުން ހިފާކަމަށްވާނަމަ، އެކަމެއް އެއީ، ކުރަން އެންމެ ރަނގަޅު ކަމެއް ނޫންކަމަށް މެންބަރަކަށް ފެނިގެން އެކަމަށް އިއުތިރާޒު ކޮށްފިނަމަ އެކަން ނިންމަން ވާނީ ބަހުސްކުރުމެއްނެތި ނަގާ ވޯޓަކުންނެވެ.

މެންބަރު ތޯރިގް އެ އޯޑިއޯ މަޖިލީހުގައި އިއްވުމުން، އެމްޑީޕީ މެންބަރުން ވަނީ އެ އޯޑިއޯ މަޖިލީހުގައި ޖެހުމަށް ދެކޮޅު ހަދައިފައެވެ. އަދި މެންބަރުން އިއުތިރާޒު ކުރުމުން، މަޖިލިސް ގަވާއިދުގައި ވާގޮތަށް އޯޑިއޯ އިތުރަށް އިއްވުމަށް ފެންނަ ނުފެންނަ ވޯޓަކަށް ވަނީ ގޮސްފައެވެ. ޑެންމާކުގައި ނަޝީދު ދެއްކެވި ވާހަކަ މަޖިލީހުގައި އިއްވަން ބޭނުން ކަމަށް ބުނެ ވޯޓު ދިނީ 10 މެމްބަރުންނެވެ. އެ އޯޑިއޯ އިތުރަށް އިއްވަން ނުފެންނަ ކަމަށް 54 މެމްބަރުން ވަނީ ވޯޓު ދީފަ އެވެ.

ރިޔާސަތަށް ގަވާއިދު އޮތްގޮތް ފާހަގައެއް ނުވި

އެކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އެ ރެކޯޑިން އިއްވި އިރު މަޖިލިސް ގަވާއިދުގައި އޮތް ގޮތް އެމަނިކުފާނަށް ފާހަގަވެފައި ނުވާ ކަމަށާއި، އަދި މެންބަރު ޝިޔާމް ގާތުން އެކަން ސާފުކޮށްދެއްވަން ތަކުރާރުކޮށް އެދުމުން ވެސް އެކަން ސާފުކޮށްދީފައި ނުވާ ކަމަށެވެ.

މަޖިލިސް ޖަލްސާތަކުގައި ގަވާއިދާ ގުޅޭއެއްވެސްކަމެއް ނުވަތަ ޖަލްސާއާއި ގުޅޭ އެހެންކަމެއްވިޔަސް ރިޔާސަތުން ސާފުކުރައްވަން ބޭނުންފުޅުވާ ނަމަ އޮޅުން ފިލުއްވަނީ ކުރިމަތީ މޭޒުގައި ތިއްބަވާ މަޖިލިސްގެ ކައުންސިލަރ ޖެނެރަލް ނުވަތަ މަޖިލިސްގެ ސެކެރެޓަރީ ޖެނެރަލްގެ ގާތުގައި އައްސަވައިގެންނެވެ. އިއްޔެގެ ޖަލްސާގައިވެސް އެދެ ބޭކަނބަލުން ރިޔާސަތުގެ ކުރިމަތީ ތިއްބެވި ނަމަވެސް، ރިޔާސަތުން އެމައްސަލާގައި އެއްވެސްކަމެއް އޮޅުންފިލުއްވަން ސުވާލުކޮށްފައެއްފައެއް ނުވެއެވެ.

އެއްމައްސަލައެއްގައި އަމަލުކުރެއްވީ ދެގޮތަށް

އިއްޔެގެ ޖަލްސާގައި ރައީސް ނަޝީދުގެ އޯޑިއޯ އިއްވަން އެމްޑީޕީ މެންބަރުން ދެކޮޅު ހެދުމުން މަޖިލިސް ގަވާއިދުގައި ބުނާގޮތަށް ފެންނަ ނުފެންނަ ވޯޓަކަށް ދިޔައެވެ. ވޯޓުން އޯޑިއޯ އިއްވަން ފާސްނުވުމުން އޯޑިއޯއެއް ނީއްވުނެވެ.

ނަމަވެސް ޔާމީނުގެ އޯޑިއޯ އިއްވަން ރިޔާސަތުން މަޖިލިސް ގަވާއިދުގައި ބުނާގޮތަށް ފެންނަ ނުފެންނަ ވޯޓަކަށް ނުދެއެވެ. ނަޝީދުގެ އޯޑިއޯ އިއްވަން ފެންނަ ނުފެންނަ ވޯޓަކަށް ގޮސް، ރައީސް ޔާމީންގެ އޯޑިއޯ އިއްވަން ވޯޓަކަށް ނުދިއުމުން އިދިކޮޅު މެމްބަރުން ވަނީ ސުވާލު އުފައްދައިފަ އެވެ.

ނިޒާމީ މައްސަލައަށް ފުރުޞަތު ދިނުމުގައި ތަފާތުތަކެއް

މަޖްލީހުގެ ފުރަތަމަ ނިޒާމީ ނުކުތާއެެއް ނެންގެވީ މެންބަރު ސިޔާމްއެވެ. މަކުނުދޫ ދާއިރާގެ މެންބަރު ވާހަކަ ދެއްކުވުމުގެ ތެރޭގައި ކުއްލި މައްސަލަ ހުށައެޅުއްވި މެންބަރުގެ ނިޔަތާގުޅޭ ގޮތުން ވާހަކަ ދެއްކެވި ކަމަށްބުނެއެވެ. ސިޔާމްގެ ވާހަކަ އަށްފަހު ރާއީ ވާހަކަ ދެއްކެވުމުގެ ކުރިން އަނެއްކާވެސް ނިޒާމީ މައްސަލައަކަށް ފުރުޞަތު ދެއްވެވީ ކަނޑިތީމްދާއިރާގެ މެންބަރ އަށެވެ.

މަޖްލިސް ޖަލްސާގެެ ބާކީއޮތްތާންގައި ރިޔާސަތުން ނިޒާމީ ނުކުތާއަކަށް ނިޒާމީ ނުކުތާއެއް ނުދެވޭނެކަމަށްވަނީ ވިދާޅުވެފައެވެ.

ޚިޔާލު

Your email address will not be published.

More in ރިޕޯޓް