•  
 •  
 •  
 •  
 •  
 •  

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ނިންމުމަށްފަހު، މެންބަރުން މިހާރުވަނީ ޗުއްޓީއަށް ވަޑައިގަންނަވާފައެވެ. 47 ޖަލްސާގެ ރިކޯޑަކާއެކު މަޖިލީހުގެ ޖަލްސާތައް ނިންމަވާލައްވާފައިވާއިރު، މި ދައުރުގައި މެންބަރުންގެ ހާޟިރީ، މަޖިލީހުގެ އިދާރާއިން މިއަދުވަނީ އާއްމުކޮށްފައެވެ.

ތިލަދުންމަތީ ސަރަޙައްދަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހާޟިރީއަށް ބަލާއިރު، ހުރިހާ ޖަލްސާއަކަށް ވަޑައިގަންނަވާފައިވަނީ ފަސް މެންބަރުންނެވެ.

 • ހޯރަފުށީ ދާއިރާގެ މެންބަރު އަޙުމަދު ސަލީމް: ހުރިހާ ޖަލްސާއަކަށް ވަޑައިގެންނެވި
 • އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު: ތިން ޖަލްސާއަށް ސަލާމް ބުނުއްވި
 • ބާރަށު ދާއިރާގެ މެންބަރު އަޙުމަދު އަބްދުﷲ: އެއް ޖަލްސާއަށް ސަލާމް ބުނުއްވި
 • ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު: 2 ޖަލްސާއަށް ސަލާމް ބުނުއްވި، ދެ ޖަލްސާއަށް ވަޑައިންނުގަންނަވާ
 • ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް: އެއް ޖަލްސާއަށް ސަލާމް ބުނުއްވި
 • ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ: ހުރިހާ ޖަލްސާއަކަށް ވަޑައިގެންނެވި
 • ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ: އެއް ޖަލްސާއަށް ސަލާމް ބުނުއްވި
 • ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު: ހުރިހާ ޖަލްސާއަކަށް ވަޑައިގެންނެވި
 • ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފް: ހުރިހާ ޖަލްސާއަކަށް ވަޑައިގެންނެވި
 • ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުޙައްމަދު: އެއް ޖަލްސާއަށް ސަލާމް ބުނުއްވި
 • މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ: ހުރިހާ ޖަލްސާއަކަށް ވަޑައިގެންނެވި

މުޅި މަޖިލީހުގެ ހާޟިރީއަށް ބަލާއިރު މަޖިލީހުގެ ޖަލްސާތަކަށް އެންމެ މަދުން ވަޑައިގަންނަވާފައިވަނީ މީދޫ ދާއިރާގެ މެންބަރު އަޙުމަދު ޝިޔާމް މުޙައްމަދެވެ.

ޚިޔާލު

Your email address will not be published.

More in ރިޕޯޓް