ރައްޔިތުންގެ މަޖިލިސްއަށް ސަރުކާރުގެ ފަރާތުން ހުށައަޅާ ބިލުތައް މަޖިލިސްގެ ކޮމެޓީތަކުން އިއްޔެއިން ފެށިގެން ޑްރާފްޓް ކޮށްދޭން ފަށާނެކަމަށް ބުނެފައިވަނިކޮށް، ނަޒާހަތްތެރި މަޖިލީހަކުން އެފުރުސަތު ސަރުކާރަށް ދޭންވާނެކަމަށް ބަންޑާރަނައިބު އިބްރާޙީމް ރިއްފަތު ވިދާޅުވެއްޖެއެވެ.
އެކަމާ ގުޅިގެން ބަންޑާރަ ނައިބު ރިފްއަތު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަޖިލީހަށް ސަރުކާރުން ހުށަހަޅާ ބިލްތަކަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި، ސިޔާސަތުތައް ތަންފީޛުކުރާނެ ހަމަތައް ބަޔާންކުރާ އެއް ވަސީލަތްކަމަށާއި، ނަޒާހަތްތެރި މަޖިލީހަކުން އެފުރުސަތު ރައްޔިތުންނަށް ފަހިކޮށްދޭންވާނެކަމަށެވެ.
މިހާތަނަށް ސަރުކާރުން ބިލުތައް ހުށައެޅުމުގައި އަމަލުކުރައްވަމުން ގެންދަވަނީ، ސަރުކާރުން ހުށައަޅުއްވާ ބިލުތައް މަޖިލިސް ތަމްސީލުކުރައްވާ ސަރުކާރަށް ނިސްބަތްވާ ޕާލަމަންޓަރީ ގްރޫޕްއަށް ފޮނުއްވުމުން، އެ ގްރޫޕުން ސަރުކާރަށް ނިސްބަތްވާ އެގްރޫޕްގެ މެންބަރެއްލައްވާ ބިލު ސްޕޮންސަރ ކުރައްވައި، ސްޕޮންސަރ ކުރައްވާ މެންބަރުގެ ނަމުގައި ސަރުކާރުގެ ފަރާތުން ބިލު ރަސްމީކޮށް މަޖިލިސްއަށް ހުށައަޅަނީއެވެ.
ރައްޔިތުންގެ މަޖިލިސްއަށް ސަރުކާރުގެ ފަރާތުން ހުށައަޅާ ބިލުތައް މަޖިލިސްގެ ކޮމެޓީތަކުން އިއްޔެއިން ފެށިގެން ޑްރާފްޓް ކޮށްދޭން ފަށާނެކަމަށް ބުނުމުން، މިސަރުކާރުގެ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވެސްވަނީ ސަރުކާރުން ހުށަހަޅާ ބިލްތައް ޑްރާފްޓް ކުރާނީ ސަރުކާރުން ކަމަށާއި އެކަން ކުރަން ޖެހޭނީ އެޓާނީ ޖެނެރަލް ވިދާޅުވެ އިއްޔެ ޓުވީޓު ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!