•  
  •  
  •  
  •  
  •  
  •  

މިއަދަށްފަހު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޗުއްޓީއަށް ވަޑައިގެންނެވިކަމުގައިވިޔަސް، ކުއްލި ޙާލަތެއް ދިމާވެއްޖެނަމަ މަޖިލީހުގެ ޖަލްސާ ބާއްވާނެކަމަށާއި އަދި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީގެ މަސައްކަތްތައްވެސް ކުރިއަށްދާނެކަން ހާމަކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިގޮތަށް އިޢުލާން ކުރެއްވިއިރު، މަޖިލީހުގެ ދައުރު ނިންމަވާނުލައްވާކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގައި ކުރިއަށްދާނީ ރިޔާސީ ކޮމިޝަނުން ތަހުގީގުކޮށް އެކުލަވާލާފައިވާ މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ، އަޙުމަދު ރިލްވާން މައްސަލައިގެ ރިޕޯޓު ދިރާސާކުރުމުގެ މަސައްކަތެވެ.

މަޖިލީހުގެ ރައީސް މިއަދުގެ ޖަލްސާ ފެށުމުގެ ގޮތުން އިތުރަށް ވިދާޅުވީ ރިޔާސީ ކޮމިޝަނުގެ ރިޕޯޓަށް ބަހުސްކުރުން މިއަދުގެ 10:30 އާ ހަމައަށް ކުރިއަށްދާނެކަމަށެވެ. އަދި އެއަށްފަހު 241 ކޮމިޓީ އަށް ރިޕޯޓު ފޮނުވާނެކަމުގައެވެ.

 

ޚިޔާލު

Your email address will not be published.