މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން މި މަހުގެ 17 އަށް ސާބިއާގެ ވެރިރަށް ބެލްގްރޭޑް ގައި ކުރިޔަށް ގެންދާ އައިޕީޔޫގެ 141ވަނަ މަހާސިންތާގައި ރައްޔިތުން މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެއްޖެއެވެ.
އެގޮތުން ރާއްޖޭގެ ފަރާތުން ރައްޔިތުން މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، ކުރީގެޑިފެންސް މިނިސްޓަރ މިހާރުގެ މަޑުވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރުގެ އިތުރުން ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް، އޭދަފުށީ ދާއިރާގެ މެމްބަރު ހިޝާން ހަސަން ގެ އިތުރުން ރައްޔިތުން މަޖިލީހުގެ ސެކެޓްރީ ޖެނެރަލް ފާތިމަތު ނިއުޝާ އަދި ފޯރިން ރިލޭޝަންގެ ޑައިރެކްޓަރ ޒުއްޔިނާ ބަދުރީ ވަނީ ބައިވެރިވެފައެވެ.
Hon. @aliaazim, MP Hon. @Adamshareefz, MP and Hon. @riyazabdulla, MP attends the @IPUparliament Governing Council meeting held during #IPU141 pic.twitter.com/sU7tnSmfog
— People's Majlis (@mvpeoplesmajlis) October 14, 2019
މި މަހާސިންތާ ފުރަތަމަ ބައްވާފައިވަނީ 1889 ވަނަ އަހަރު ޕެރިހުގައެވެ. އެ އަހަރު 9 ގައުމެއްގެ މަދު އަދަދެއްގެ މެމްބަރުން ބައިވެރިވި އިރު އައިޕީޔޫގެ 141 ވަނަ މަހާސިންތާގައި 800 މެމްބަރުން ވަނީ ބައިވެރި ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!