މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,922 Stories filed
އަލިފާނުގެ ހާދިސާތައް ތަހުގީގު ކުރުމަށް ހާއްސަ ތަހުގީގެއް
Raajje

އަލިފާނުގެ ހާދިސާތައް ތަހުގީގު ކުރުމަށް ހާއްސަ ތަހުގީގެއް

އަލިފާނުގެ ހާދިސާތައް ތަހުގީގު ކުރުމަށް ހާއްސަ ތަހުގީގެއް ފަށާފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ. ސީޕީ މިގެން ވިދާޅުވީ މިއަދު ފަތިހުގެ ވަގުތެއްގައި މާލޭގައި ހުންނަ ނީލަން ފިހާރައިގައި ރޯވެ، އަނދަމުން ދަނިކޮށް ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓިގައި، މި ހާދިސާތައް ތަހުގީގުކުރުމުގައި ރައްޔިތުންގެ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވާ ކަމަށާއި އެކަމަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް ވަނީ އެދިވަޑައިގެންފަ އެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން...

ފަހުގެ އިންޒާރުކަމަށް ބުނެ ނިރުބަވެރި ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު ދިން މައްސަލައެއް
Raajje

ފަހުގެ އިންޒާރުކަމަށް ބުނެ ނިރުބަވެރި ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު ދިން މައްސަލައެއް

އައްޑޫ ސިޓީގައި ނިރުބަވެރި ހަމަލާއެއް ދޭނެކަމަށް ބުނެ އިންޒާރު ދިން މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަން ފަށައިފި އެވެ. އެފަދަ ލިޔުމެއް ލިޔެފައިވާ ފޮޓޯ އެއް ނޫސްވެރިއަކު ފުލުހުންގެ މީޑިއާ ގްރޫޕްގައި ހިއްސާކޮށް، އެފަދަ މައްސަލައެއް ބަލަމުން ދޭތޯ ކުރި ސުވާލެއްގެ ޖަވާބުގައި ފުލުހުން ވިދާޅުވީ އެފަދަ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ”މައްސަލަ ދަނީ ތަހްގީގު ކުރަމުން” ފުލުހުން ވިދާޅުވެފައިވެއެވެ. އެ ލިޔުމުގައި ލިޔެފައިވާ އިބާރާތްތަކުގައި ” އައްޑޫ ސިއްސުވާ...

11 ކިލޯގެ މަސްތުވާތަކެއްޗާއެކު 4 މީހަކު ހައްޔަރު ކޮށްފި
Raajje

11 ކިލޯގެ މަސްތުވާތަކެއްޗާއެކު 4 މީހަކު ހައްޔަރު ކޮށްފި

11 ކިލޯގެ މަސްތުވާތަކެއްޗާއެކު 4 މީހުން ހައްޔަރު ކޮށްފި އެވެ. މިކަން ހާމަކުރައްވާފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރައްވާފައިވާ ޓްވީޓެއްގަ އެވެ. އެ ޓްވީޓުގައި ވިދާޅުވެފައިވަނީ މި މީހުން ހައްޔަރު ކުރީ މާލެއާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އަދި އެ އޮޕަރޭޝަން ހިންގާފައިވަނީ އިއްޔެ ކަމަށެވެ. އެގޮތުން މި އޮޕަރޭޝަންގައި ހުޅުމާލޭގެ 4 ތަނަކާއި މާލޭގެ ތަނެއް ބަލައި، ފާސްކޮށް، 11.26 ކިލޯގެ ކެނަބިސް އަތުލައިގަނެވުނުކަމަށް ކަމަށް ސީޕީ ވިދާޅުވި އެވެ. މި […]

މާފުށީ ޖަލުގައި މާރާމާރީއެއް ހިނގައިފި
Raajje

މާފުށީ ޖަލުގައި މާރާމާރީއެއް ހިނގައިފި

މާފުށީ ޖަލުގައި ގައިދީންތަކެއްގެ މެދުގައި މާރާމާރީއެއް ހިނގައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާފުށީ ޖަލުގައި ގައިދީންތަކެއްގެ މެދުގައި މާރާމާރީއެއް ހިނގައިގެން އެ އިދާރާއަށް މިއަދު ހަވީރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މާރާމާރީގައި ގައިދީއެއްގެ އަނގަމަތި ފަޅައިގެން ދިޔުފިޔަވާ އިތުރު ބޮޑު އަނިޔާއެއް ލިބިފައިނުވާކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށް އެ އިދާރާއިން ވިދާޅުވެފަވެއެވެ. ”މާރާމާރީގައި ތޫނުއެއް ބޭނުންކުރިކަން އަދި މިހާތަނަށް އެނގިފައެއްނުވޭ” ފުލުހުން ވިދާޅުވިއެވެ. ފުލުހ...

ސުޖާއުއަށް މަރުގެ އިންޒާރުދީފައިވާތީ، އެމައްސަލަ ބަލައި ފިޔަވަޅުއަޅަން ގޮވާލައިފި
Raajje

ސުޖާއުއަށް މަރުގެ އިންޒާރުދީފައިވާތީ، އެމައްސަލަ ބަލައި ފިޔަވަޅުއަޅަން ގޮވާލައިފި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީޕީއެމް) ގެ ނާއިބު ރައީސް އަދި މާލޭ ސިޓީ ކައުންސިލްގައި ހުޅުމާލޭ ދާއިރާ ތަމްސިލު ކުރައްވާ ކައުންސިލަރ އިބްރާހީމް ޝުޖާޢު އަށް މަރުގެ އިންޒާރުދިން މައްސަލަ، ސީރިއަސް މައްސަލައިގެ ގޮތުގައި ބައްލަވާ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލައިފި އެވެ. އިދިކޮޅު ކޯލިޝަނުން ރޭ ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ، ޓްވިޓަރ އެކައުންޓެއް މެދުވެރިކޮށް ސުޖާއު އަށް މަރުގެ އިންޒާރު ދީފައިވާތީ، އެމައްސަލަ އަވަސް މައްސަލައެއް ގޮތުގައި ބެލުމަށް ސަރުކާރަށް ގޮވާލާކަމަށެވެ. ޝުޖާޢު ކުރެއްވި...

ސައިކަލެއްގައި ބަނގުރާ އުފުލި ދެ މީހަކު އެކްސިޑެންޓްވުމުން ފިލައިފި
Raajje

ސައިކަލެއްގައި ބަނގުރާ އުފުލި ދެ މީހަކު އެކްސިޑެންޓްވުމުން ފިލައިފި

ހުޅުމޭގައި ސައިކަލެއްގައި ބަނގުރާ އުފުލި ދެ މީހަކު ފުލުހުންނަށް ފިލަން އުޅުމުގެ ތެރޭގައި އެކްސިޑެންޓް ވެއްޖެއެވެ. މި ހާދިސާ ހިނގާފައިވާކަން ހާމަކުރައްވަމުން ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެ ދެ މީހުން ސައިކަލުގައި ދިޔައީ ހުޅުމާލޭ ނިރޮޅު މަގު 13 ނަންބަރު ގޯޅިން ކަމަށެވެ. މަގުމަތި ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް މި ދެ މީހުން ފެނުމުން އެ މީހުން ވަނީ ފުލުހުންނަށް ފިލަން ބާރަށް ސައިކަލް ދުއްވާލާފައެވެ. އެވަގުތު ސައިކަލް ވަނީ އެ ގޯޅީގައި ޕާކުކޮށްފައި އޮތް […]

ދާންދޫ ކައިރިން ޑިންގީއެއް އަޑިއަށް ހިނގައްޖެ
Raajje

ދާންދޫ ކައިރިން ޑިންގީއެއް އަޑިއަށް ހިނގައްޖެ

ގއ. ދާންދޫ ކައިރިން ޑިންގީ އެއް އަަޑިއަށް ދިއުމުގެ ހާދިސާއެއް މިއަދު ހިނގައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ދާންދޫ ކައިރިން ޑިންގީ އެއް އަޑިއަށް ގޮސްފައިވާ ކަމުގެ ރިޕޯޓު މިއަދު 15:45 ހާއިރު އެ އިދާރާ އަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި ހާދިސާ ހިނގިއިރު ޑިންގީ ގައި ތިބީ ދެ މީހުންނެވެ. އެ ދެ މީހުން ކުރެ އެކަކަށް ވެސް މި ހާދިސާގައި އަނިޔާއެއް ލިބިފައެއް ނުވެއެވެ. ’’ޑިންގީ ނެގުމުގެ މަސައްކަތް އާންމު ރައްޔިތުންނާއި ފުލުހުން ދަނީ […]

ހަށިވިއްކުމާއި އިންސާނީ ވަގުފާރިއާ ދެކޮޅަށް މިދިޔަ އަހަރު 25 އޮޕަރޭޝަނެއް
Raajje

ހަށިވިއްކުމާއި އިންސާނީ ވަގުފާރިއާ ދެކޮޅަށް މިދިޔަ އަހަރު 25 އޮޕަރޭޝަނެއް

ހަށިވިއްކުމާއި އިންސާނީ ވަގުފާރިއާ ދެކޮޅަށް މިދިޔަ އަހަރު ހިންގުނީ 25 އޮޕަރޭޝަނެއްކަމަށާއި މި އޮޕަރޭޗަން ތަކުގައި ހައްޔަރުކުރެވުނީ 32 މީހުންކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެ އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހަށިވިއްކުމުގެ މައްސަލަތަކާއި އިންސާނީ ވަގުފާރީގެ މައްސަލަތައް ހުއްޓުވުމަށް ފާއިތުވި އަހަރު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. ހަށިވިއްކުމާއި އިންސާނީ ވަގުފާރިއާ ދެކޮޅަށް ފާއިތުވި އަހަރު 25 އޮޕަރޭޝަނެއް ހިންގާފައިވާއިރު، އޭގެ ތެރެއިން 14 އޮޕަރޭޝަނަކީ އިންޓެ...

ބްރިޖުގައި އެކްސިޑެންޓެއްވެ ކާރެއް ފުރޮޅާލައިފި
Raajje

ބްރިޖުގައި އެކްސިޑެންޓެއްވެ ކާރެއް ފުރޮޅާލައިފި

ބްރިޖުގައި އެކްސިޑެންޓެއްވެ ކާރެއް ފުރޮޅާލައިފި އެވެ. މީޑިއާތަކަށް މަޢުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ ބުރިޖު މަތިން ދުއްވާފައިދިޔަ ކާރެއް ފުރޮޅާލާފައިވާކަމުގެ މަޢުލޫމާތު މިއަދު 14:47 ހާއިރު ލިބިފައިވާކަމަށެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށާއި ކާރު ފުރޮޅާލި ވަގުތު ކާރުގައި ތިބީ ދިވެހި ދެ ފިރިހެނުން ކަމަށް ފުލުހުން މަޢުލޫމާތު ދެއްވި އެވެ. މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ. އެސަރަހައްދުގައި ފުލުހުން މިވަގުތު...

މަރުގެ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
Raajje

މަރުގެ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

މަރުގެ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މަރުގެ މައްސަލައެއްގެ ތުހުމަތުގައި ގދ. ތިނަދޫ/މަނާރު، މުހައްމަދު ނިޒާމް، (އ45) ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. ”އޭނާ ހައްޔަރުކޮށްފައި ވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މަރުގެ މައްސަލައަކާއި ގުޅިގެން” ފުލުހުން ވިދާޅުވެފަވެއެވެ. މުހައްމަދު ނިޒާމް އަކީ ތެޔޮ ބޯޓެއްގައި ފުރައިގެން ގޮސްފައިވަނިކޮށް ގެއްލިގެން ހޯދަމުން ދަނިކޮށް މިއަދު ފެނުނިފައިވާ މީހަކެވެ....

ތެޔޮ ބޯޓުން ގެއްލުނު ދިވެހި މީހާ ފެނިއްޖެ
Raajje

ތެޔޮ ބޯޓުން ގެއްލުނު ދިވެހި މީހާ ފެނިއްޖެ

ވިލިމާލެއިން، ތެޔޮ ބޯޓެއްގައި ފުރި ދެ މީހެއްގެ ޚަބަރެއް ނުވެގެން އެ މީހުން ހޯދަމުން އަންނައިރު، އެ ދެ މީހުންގެ ތެރޭގައި ހިމެނޭ ދިވެހި މީހާ ފެނިފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ވިލިމާލެއިން، ތެޔޮ ބޯޓެއްގައި ފުރި ދެ މީހެއްގެ ޚަބަރެއް ނުވެގެން އެ މީހުން ހޯދަމުން އަންނަކަމަށް ފުލުހުން ވިދާޅުވީ މިދިޔަ މަހު 31 ވަނަ ދުވަހުގެ ރެއެވެ. ގެއްލިގެން ހޯދަމުން ދިޔައީ މުޙައްމަދު ނިޡާމް (45އ)، ގދ. ތިނަދޫ / މަނާރު، އަދި ބަނގްލަދޭޝް […]

ބައެއް ރަށްރަށުގެ ގޮނޑުދޮށަށް ގޮތް ނޭނގޭ ފަތްތަކެއް ލައްގަނީ
Raajje

ބައެއް ރަށްރަށުގެ ގޮނޑުދޮށަށް ގޮތް ނޭނގޭ ފަތްތަކެއް ލައްގަނީ

ތ. އަތޮޅު އޮޅުފުށި ފިނޮޅު ގޮނޑުދޮށުން ގޮތް ނޭނގޭ ފަތްތަކެއް ފެނިފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވިގޮތުގައި މިކަމުގެ ރިޕޯޓު އެ އިދާރާއަށް ކޮށްފައި ވަނީ އިއްޔެއެވެ. އޮޅުފުށި ފިނޮޅު ގޮނޑުދޮށުން ގޮތް ނޭނގޭ ފަތްތަކެއް ފެނިފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނިކޮށް އެ އަތޮޅު ކަނޑޫދޫ ގޮނޑުދޮށުން ވެސް މިބާވަތުގެ ފަތްތަކެއް ފެނިގެން މިއަދު ރިޕޯޓުކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ”މިކަމާއި ގުޅިގެން ބަލަަންޖެހޭ ކަންކަން ބަލައި، މިތަކެތި ތ...

''ގެއްލުނު ދެ މީހުން ދަތުރުކުރި ތެޔޮބޯޓު އޮޔާދަނިކޮށް ފެނުނު''
Raajje

''ގެއްލުނު ދެ މީހުން ދަތުރުކުރި ތެޔޮބޯޓު އޮޔާދަނިކޮށް ފެނުނު''

ވިލިމާލެއިން، ތެޔޮ ބޯޓެއްގައި ފުރި ދެ މީހެއްގެ ޚަބަރެއް ނުވެގެން އެ މީހުން ހޯދަމުން އަންނައިރު، އެ ދެ މީހުން ދަތުރުކުރި ތެޔޮބޯޓު، އެއާޕޯޓު ނެރުކައިރިން އޮޔާދަނިކޮށް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ގެއްލިގެން ހޯދަމުން ދަނީ، މުޙައްމަދު ނިޡާމް (45އ)، ގދ. ތިނަދޫ / މަނާރު، އަދި ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ މޮހައްމަދު ލިޓަން (35އ) އެވެ. އެ ދެ އެމީހުން ތެޔޮ ބޯޓެއްގައި ފުރާފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ކަމަށެވެ. […]

ތެޔޮ ބޯޓެއްގައި ފުރި ދެ މީހެއްގެ ޚަބަރެއް ނުވެގެން ހޯދަނީ
Raajje

ތެޔޮ ބޯޓެއްގައި ފުރި ދެ މީހެއްގެ ޚަބަރެއް ނުވެގެން ހޯދަނީ

ވިލިމާލެއިން، ތެޔޮ ބޯޓެއްގައި ފުރި ދެ މީހެއްގެ ޚަބަރެއް ނުވެގެން ހޯދަން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެމީހުން ތެޔޮ ބޯޓެއްގައި ފުރާފައި ވަނީ މިމަހުގެ 28 ވަނަ ދުވަހު ކަމަށެވެ. އަދި މި ދެ މީހުންގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޑިސެމްބަރު 29 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ. ގެއްލިގެން ހޯދަމުން ދަނީ، މުޙައްމަދު ނިޡާމް (45އ)، ގދ. ތިނަދޫ / މަނާރު، އަދި ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ މޮހައްމަދު ލިޓަން (35އ) އެވެ. […]

ޔާމީން މިނިވަންކޮށް އަލުން ވެރިކަމަށް ގެނައުމަށް އިދިކޮޅު ކޯލިޝަނުން ވައުދު ވެއްޖެ
Raajje

ޔާމީން މިނިވަންކޮށް އަލުން ވެރިކަމަށް ގެނައުމަށް އިދިކޮޅު ކޯލިޝަނުން ވައުދު ވެއްޖެ

ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޖަލުން މިނިވަންކޮށް އަލުން ރައީސް ކަމަށް ގެނައުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަށް އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ސެނެޓުން ވައުދު ވެއްޖެއެވެ. މިގޮތަށް ވައުދުވެފައިވަނީ މީރުމާ ހޮޓެލްގައި ރޭ ބޭއްވި ޕީޕީއެމް / ޕީއެންސީ ސެނެޓަރުންގެ ކުއްލި ބައްދަލުވުމަށް ހުށަހެޅި ގަރާރަކުން ނެވެ. މި ގަރާރު، ފާސްކުރީ 89 ސެނެޓަރުންގެ ތާއީދާ އެކުގަ އެވެ. ރައީސް ޔާމީނަށް […]