ތ. އަތޮޅު އޮޅުފުށި ފިނޮޅު ގޮނޑުދޮށުން ގޮތް ނޭނގޭ ފަތްތަކެއް ފެނިފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވިގޮތުގައި މިކަމުގެ ރިޕޯޓު އެ އިދާރާއަށް ކޮށްފައި ވަނީ އިއްޔެއެވެ.

Ad
rt

އޮޅުފުށި ފިނޮޅު ގޮނޑުދޮށުން ގޮތް ނޭނގޭ ފަތްތަކެއް ފެނިފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނިކޮށް އެ އަތޮޅު ކަނޑޫދޫ ގޮނޑުދޮށުން ވެސް މިބާވަތުގެ ފަތްތަކެއް ފެނިގެން މިއަދު ރިޕޯޓުކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

''މިކަމާއި ގުޅިގެން ބަލަަންޖެހޭ ކަންކަން ބަލައި، މިތަކެތި ތަހުލީލުކުރުމަށް ކުރަންޖެހޭކަންކަން ދަނީ ކުރަމުން'' ފުލުހުން ވިދާޅުވެފަވެއެވެ.

މީގެ ކުރިން އުތުރުގެ ބައެއް ރަށްރަށުގެ ގޮނޑުދޮށަށް ވެސް ވަނީ ގޮތް ނޭނގޭ ފަތްތަކެއް ލައްގާފައެވެ.