ރިޔާސީ އިންތިޚާބުގައި ސަލާމަތީ ކަންކަން ބެލެހެއްޓުމަށް މާލެއިން ރަށްރަށަށްދާ ފުލުހުން ފުރަން ފަށައިފި
މިއަހަރުގެ ސެޕްޓެމްބަރ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް މާލެއިން ރަށްރަށަށްދާ ފުލުހުން ފުރަން ފަށައިފިއެވެ. އެގޮތުން މާލެއިން ފުރަންފަށާފައިވަނީ އުތުރުގެ އަތޮޅުތަކުގެ ރަށްރަށަށްދާ ފުލުހުން އިއްޔެ ފުރާފައިވާއިރު، ދެކުނުގެ އަތޮޅުތަކުގެ ރަށްރަށަށް ދާ ފުލުހުން މިއަދުގެ އެކި ވަގުތުތަކުގައި ފުރާނެއެވެ. ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ފުލުހުން ހަރަކާތްތެރި ވަމުންދާނެއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެފ...