ހުޅުމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ.

އެކަމުގެ އަދާހަމަކުރައްވަމުން މީޑިއާ އަށް ފޮނުއްވި މެސެއްގައި އެ އިދާރާ އިން ވިދާޅުވީ އެ ކުއްޖާ ފެނިފައިވާ ކަމަށާއި އޭނާ ފެނުނީ މާލެއިން ކަމަށެވެ. އަދި މިއަދު މެންދުރު 1:44 ހާއިރު އެކުއްޖާ ފެނުނު އިރު، ހާޅު ރަނގަޅު ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

Ad
rt

ހުޅުމާލެއިން ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

ހުޅުމާލޭ ދެވަނަ ފިހަވަހިން އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަމުންދާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކުރައްވާފައިވަނީ މިއަދު ހެނދުނުއެވެ. އަދި އެ ކުއްޖާ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރު 12:58 ހާއިރު ކަމަށް ވެސް ފުލުހުން ވިދާޅުވެފައި ވެއެވެ.

މިފަހަކަށް އައިސް މާލެ ސަރަހައްދުން މީހުންނާއި ކުދިން ގެއްލުމުގެ ހާދިސާތަކާއި ކިޑްނޭޕު ކުރުމުގެ ހާދިސާތައް އަންނަނީ އިތުރުވަމުންކަން ފާހަގަކޮށްލެވެއެވެ.