އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަމުންދާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ.
އެ އިދާރާ އިން ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހިން ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށާފައިވާ ކަމަށެވެ.
އެ ކުއްޖާ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރު 12:58 ހާއިރު ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ މި ކުއްޖާ ހޯދުމުގެ މަސައްކަތް އާއިލާއާއި ގުޅިގެން އެ އިދާރާއިން ކުރައްވަމުން ގެންދަވާކަމަށެވެ.
މިފަހަކަށް އައިސް މާލެ ސަރަހައްދުން މީހުންނާއި ކުދިން ގެއްލުމުގެ ހާދިސާތަކާއި ކިޑްނޭޕު ކުރުމުގެ ހާދިސާތައް އަންނަނީ އިތުރުވަމުންކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!