ގައުމީ ދާރުލް އާސާރުގެ ސެކިއުރިޓީ ގާޑު ވެއްޓި އަނިޔާވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ނެޝަނަލް މިއުޒިއަމްގެ ސެކިއުރިޓީ ގާޑަށް އަނިޔާވެފައިވަނީ އިއްޔެ ހަވީރު 6 ޖަހާކަންހާއިރު ކަމަށާއި އެއީ އެ މިއުޒިއަމްގެ ދިދަ ތިރިކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި އޭނާ ވެއްޓި ޒަހަމް ވެފައިވާ ކަމަށެވެ.

Ad
rt

އޭނާ އަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށާއި އެއީ ބިދޭސީ ފިރިހެނެއް ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. އެހެންނަމަވެސް އޭނާއަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް ހާމައެއް ނުކުރައްވައެވެ.

ފުލުހުން މީޑިއާ އަށް ފޮނުއްވާފައިވާ މެސެޖެއްގައި ވިދާޅުވެފައިވަނީ އެ ހާދިސާ އާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.