އޭސީޕީ ފައިރޫޝް ރިޓަޔާ ކުރައްވައިފި
އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި، ޑރ. އަބްދުﷲ ފައިރޫޝް ރިޓަޔާ ކުރައްވައިފި އެވެ. ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެކަން ކަށަވަރުކޮށްދެއްވައި، ފައިރޫޝް ކުރެއްވި ހިދުމަތަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ކާމިޔާބަށް ވެސް އެދިވަޑައިގެންނެވި އެވެ. ފައިރޫޝް ރިޓަޔާ ކުރެއްވީ ފުލުސް ހިދުމަތުގައި 20 އަހަރު ދުވަހު ހިދުމަތް ކުރެއްވުމަށް ފަހުގައެވެ. އޭނާ މިއަދު ހިދުމަތުން ރިޓަޔާ ކުރެއްވި އިރު 2017 ވަނަ އަހަރު ފީއެޗްޑީއަށް ކިޔަވައި […]