މާރާމާރީގެ މައްސަލައަކާއި ގުޅިގެން ބިދޭސީއަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މާރާމާރީގެ މައްސަލައަކާ ގުޅިގެން ހޯދަމުން ދަނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށެވެ.

Ad
rt

މިގޮތުން އެ މައްސަލާގައި ހޯދަމުން ދަނީ ބަންގްލަދޭޝްގެ އުމުރުން 40 އަހަރުގެ އަލަމިން މިއާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

"އަލަމިން މިއާ އާބެހޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއްވާނަމަ ބ. އޭދަފުށި ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791674 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ."

ފުލުހުން ވިދާޅުވެފައިވެއެވެ.

ފުލުހުން ވަނީ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަ ކުރައްވާފައެވެ.

ރާއްޖޭގައި ދިރިއުޅޭ ބިދޭސީ އާބާދީ އިންތިހާއަށް އިތުރުވެ، އެމީހުންގެ ފުށުން ވެސް އަންނަނީ ގިނަ އިޖުތިމާއީ މައްސަލަތަކެއް އުފެދެމުންނެވެ.