މާލެ ސިޓީގެ ބޮޑުތަކުރުފާނު މަގު މަސްމާރުކޭޓު ކައިރިން ޕިކަޕެއް މޫދަށް ވެއްޓިއްޖެ އެވެ.

ފުލުހުނާއި ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައި ވަނީ މާލޭ މާރުކޭޓު ސަރަހައްދު ކައިރިން ފަޅުތެރެއަށް ޕިކަޕެއް ވެއްޓިފައިވާ ކަމުގެ ރިޕޯޓު މިރޭ 18:42 އެހާކަންހާއިރު، ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

Ad
rt

އެރިޕޯޓު ލިބުނު ވަގުތުން ފެށިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށާއި، އަދި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާކަމަށް ވެސް ފުލުހުން ވިދާޅުވި ކަމަށް އެ ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.

ޕިކަޕް މޫދު އަޑީގައި

އެ ޕިކަޕް މޫދު އަޑިން ނެގުމުގެ މަސައްކަތްކުރާ ވީޑިއޯ:

އެވަގުތު އެސަރަޙައްދުގައި އޮތް އެހެން ޕިކަޕެއްގެ ޑްރައިވަރަކު ''ތިލަދުން''އަށް ބުނީ، އޭނާއަށް ބެލެވޭ ގޮތުގައި އެ ކަން ހިނގަން މެދުވެރިވީ އެ ހާދިސާގައި ޕިކަޕް ދުއްވަން އިން ޑްރައިވަރު މަސްމާރުކޭޓާއި ދިމާގައި އޮންނަ ތަރުކާރީ މާރުކޭޓުގެ ހުޅަނގަށް ޕިކަޕް ފަހަތަށް ޖަހަނިކޮށް ކުއްލިޔަކަށް ވައަތްފަޅިން ނުކުތް ސައިކަލެއްގައި ޖެހިދާނެތީ ބުރެކި ކަމަށް ''ރޭސް''އަށް ލެވުމުން ކަމަށެވެ.